ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލްކޯ އާއި ސިފްކޯގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރު ކުރަނީ!

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ އާއި ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީއިން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފުލުހުންނާއި ސިފައިންގެ ފްލެޓްތަައް ނުނިމި ލަސްވާ ސަބަބު ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ) އަށް ހުށައެޅި މައްސަލައިގައި މައުލޫމާތު ހޯދުމަށް އެ ދެކުންފުނީގެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ހުށަހެޅުއްވީ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުއެވެ.

މަައްސަލަ ހުށަހަޅުއްވައި ނިހާދު ވިދާޅުވީ އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި ފްލެޓުތަކުގެ ހައްގުވެރިންނަށް ފްލެޓުތައް ހަވާލުކުރަން ޖެހޭ ކަމަށާއި، މަައްސަލައާ ގުޅުންހުރި ކަންކަން ބަލައި ހޯދަން ޖެހޭ ކަމަށެވެ. އަދި އަދި އެކަމާއި ބެހޭ ގޮތުން ސުވާލު ކުރުމަށް އެދެކުންފުނީގެ ވެރިން މަޖިލީހަށް ހާޒިރު ކުރުމަށް އޭނާ ހުށައެޅިއެވެ.

އެހުށައެޅުމަށް އެވަގުތު ކޮމިޓީގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ތާއީދު ކުރައްވާފައެވެ. ހަމައެއާއެކު އެ ދެ ކުންފުނީގެ އިސްވެރިން ކޮމެޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފައެވެ.

ސިފައިންގެ ފްލެޓްތައް އެޅުމަށް ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އާއި 2013 ވަނަ އަހަރު ހަވާލުކުރެވިފައިވާއިރު ފުލުހުންގެ ފްލެޓްތައް އެޅުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި ހަވާލުކޮށް އިމާރާތްކުރަން ފެށިފައިވަނީ 2012 ވަނަ އަހަރުއެވެ.

ސިފްކޯ އަދި ޕޮލްކޯ މެދުވެރިވެގެން ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްގެން އެ ފަރާތްތަކުގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުމާލޭގައި އަޅަމުންގެންދާ 600 ފްލެޓަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ތަރައްގީކުރަމުންދާ ތަނެއްކަން ފާހަގަކުރެވޭއިރު މިއަދާ ހަމައަށް މި ފްލެޓްތަކުގެ މަސައްކަތް ނިމިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން މިމިސައްކަތް ނިންމުމަށް ހަވާލުކުރެވުނު ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓް އިން ވަނީ މަސައްކަތުގެ ބޮޑުބައި ނިންމާފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ކޮވިޑު 19 ގެ ސަބަބުން އެ ކުންފުނިން ވެސް ވަނީ މަސައްކަތް ހުއްޓާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: