ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓް ތަރައްގީކޮށް ފައިނޭންސް ކުރުމުގެ އުސޫލަށް ބަދަލުތަކެއް!

މަޑިވަރު އެއާޕޯޓުގެ ފޮޓޮއެއް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއަރޕޯޓް ތަރައްގީކުރުމަށް ހުޅުވާލި ހުޅުވާލުން ފައިނޭންސް ކުރުމުގެ އުސޫލަށް ޕްލޭނިން މިނިސްޓްރީއިން ބަދަލުތަކެއް ގެނެސް ފިއެވެ.

މި ޕްރޮޖެކްޓް ހުޅުވާލެވިގެން އައިސްފައިވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަން ބޭނުމަށް ތައްތައް ދިނުމުގެ އުސޫލުގެ ތެރެއިންނެވެ. މި އުސޫލު ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. 

ކުރީގައި މިނިސްޓްރީން ހުޅުވާލައިފައި ވަނީ ޝައުގުވެރިކަން ހުރި ފަރާތްތަކުން މުޅި އެއާޕޯޓް ތަރައްގީ ކުރަން ހުށައެޅުމަށެވެ. މިއާއި ހިލާފަށް މިހާރުވަނީ ޝައުގުވެރިކަން ހުރި މިންވަރަކުން މުޅި އެއަރޕޯޓް ނުވަތަ މަޝްރޫއުން ވަކި ބައެއް ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ހުށައެޅޭނެ ގޮތައް އުސޫލައް ބަދަލު ގެނެވިފައެވެ.

މަސައްކަތަށް އެދި ހުށައަޅާއިރު ޝައުގުވެރިކަން ފާޅުކުރަނީ ކޮން އެއާޕޯޓެއްގެ މަޝްރޫއެއްކަން ސާފުކޮށް ބަޔާން ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން ބަދަލުތަކުގެ ތެރޭގައި ޝައުގުވެރިކަން ހުރި ފަރާތްތަކުން ހުށައެޅޭނޭ ފައިސާގެ އަދަދު ވަނީ 5 މިލިއަން ޑޮލަރުން 3 މިލިއަން ޑޮލަރަށް ކުޑަކުރެވިފައެވެ.

އަތޮޅުތަކުގެ ޖުމްލަ 6 ރަށެއްގައިވާ އެއަރޕޯޓް ތަރައްގީ ކުރުމަށް ވަނީ މި ޕްރޮޖެކްޓްގެ ދަށުން ކަނޑައެޅިފައެވެ. މީގެ ތެރޭގައި ބ. ތުޅާދޫ، ށ. ބިލެއްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫ އަދި ފ. މަގޫދޫގެ އިތުރުން ރ އަތޮޅުގެ ދެކުނު ބިތުގެގައި ވެސް ވަނީ އެއަރޕޯޓް ތަރައްގީ ކުރުމަށް ނިންމާފައެވެ.

ޕްލޭނިންގ މިނިސްޓްރީން ހާމަ ކުރާ ގޮތުގައި މި 6 އެއަރޕޯޓް ތަރައްގީ ކުރުމަށް 2 ބިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަ ވާނެ އެވެ. މިއީ 133 މިލިއަން ޑޮލަރެވެ.

ދައުވަތަކާއި ނުލައި ބިޑުކުރުމުގެ އުސޫލުގެ ދަށުން ޝައުގުވެރިކަން ފާޅުކުރުމަށް ހުށައާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެޓައްކަމަށް ވަނީ ބުނެފައެވެ. proposals@trade.gov.mv އީމެއިލް މެދުވެރިކޮށް ޝައުގު ވެރިކަން ހްށައަަޅަނީނަމަ ހުށައެޅުމަށް ދެވިފައިވާ މެއިލް އަކީ އެވެ.

ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއެއް މިހާތަނަށް އިއުލާން ކުރެވިފައެއް ނުވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: