ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭއޭއޭއިން ފްލައިން ސްކޫލުގެ މުދާތައް ވިއްކަނީ، ދަރިވަރުން އަނެއްކާވެސް ގޮތް ހުސްވެފައި!

އައްޑޫ ފްލައިން ސްކޫލު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ކުންފުއްޏަކާއި ގުޅިގެން ހިންގަން ފެށުނު ރާއްޖޭގައި ހުރި ހަމައެކަނި ފްލައިން ސްކޫލްގެ ސަބަބުން 100 އެތައް ދަރިވަރުންނަކަށް ވަނީ މާލީ އަދި ނަފްސާނީ ގޮތުންވެސް އެތަކެއް ގެއްލުން ތަކެއް ލިބިފައެވެ. މި މައްސަލައިގައި ދަރިވަރުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރާތާ ދެ އަހަރެއްހާ ދުވަސް ވީއިރު ވެސް އަދި މިހާތަނަށް ދާއިމީ ހައްލެއް ނުލިބެ އެވެ.

މިހާރު ވަނީ މިގޮތަށް ކަންތައްތައް ބޮސުން ލުމުގެ ސަބަބުން ސްރީ ލަންކާގެ ކުންފުޏާއި ދެމެދު ވެވުނު އެއްބަސްވުން ބާތިލްކުރެވި، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި މޯލްޑިވިއަން އިން ކުރިއަށް ގެންދިޔުމަށް ހަމަ ޖައްސާފައެެވެ.

18 މަސްދުވަހުން ނިމޭނެ ކަމަށް ބުނި ކޯސް 4 އަހަރު ދުވަސް ތެރޭވެސް ނުނިމުމުން ދަރިވަރުންނަށް ދަނީ އެތަކެއް ދަތިތަކާއި ކުރިމަތި ވަމުންނެވެ. އަދި މިފަދަ ހާލަތެއްގައި ކަންތައްތައް ވާއިރު ދަރިވަރުންނަށް މައްސަލައިގެ އެއްވެސް ވާނުވާއެއް ނުވަތަ މައުލޫމާތެއްވެސް އަންގާފައި ނުވާކަން ދަރިވަރުން ވަނީ ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ތަމްރީންތަކުގައި ބޭނުން ކުރާ ބޯޓްތައްވަނީ ގްރައުންޑް ކުރެވިފައެވެ. މިއީ ދަރިވަރުންނަށް ކުރިމަތި ވެގެންދާނޭ އިތުރު ގެއްލުމެކެވެ.

ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް މައްސަލަ ހުށައަޅަމުންދާތާ އެތައް މަހެއް ވީ އިރުވެސް މިކަމާއި ގުޅިގެން އެއްވެސް ކަމެއްގައި އޭއޭއޭ ޖަވާބުދާރީ ނުކުރެވެ އެވެ.

ކިޔެވުން ކުރިއަށް ނުދާ މިހާލަތުގައިވެސް ދަރިވަރުންގެ އަތުން ދަނީ ބަރާބަރަށް ކޯހައްވާ ފީ ނަގަމުންނެވެ. އަދި އެހެން ރަށްރަށުން އައްޑޫއަށް ކިޔަވަން ގޮސްފައިވާ ދަރިވަރުންގެ ކޯހު ފީގެ އިތުރުން ހުރުމާއި ދަތުރު ކުރުމަށްވެސް އެތަކެއް ފައިސާއެއް ދަނީ ދަރިވަރުން އަތުން ހަރަދު ވަމުންނެވެ.

ކޯހުގެ ފީ ދައްކަން ޖެހިފައިވަނީ ޑޮލަރުން ކަމަށް ވާއިރު ޑޮލަރު މިހާ އަގުބޮޑުވެފައިވާ ހާލަތުގައި މިއީވެސް ދަރިވަރުންނަށް ކުރިމަތިވެގެން ދާނޭ ގޮން ޖެހުމެއްކަން ފާހަކޮށްލެވެއެވެ.

ރާއްޖެއިން ބޭރުން ޕައިލެޓް ކޯސް ހެދުމައްޓަކައި ނުދާނޭ ފައިސާ މި ދަރިވަރުންގެ އަތުން ގޮސްފައިވާއިރު އެއްވެސް ބޭނުމެއް ނުފުދި ހޭދަވެގެން ދިޔަ ފައިސާ އަބުރާ ދިނުމަށް އެއްބަސްވެފައިވާއިރު މިހާތަނައް އެއްވެސް ދަރިވަރަކަން ފައިސާގެ ރިފަންޑް ލިބިފައެއް ނުވެއެވެ.  ޖުމްލަ ގޮތެއްގައި ރިފަންޑުގެ ގޮތުގައި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާގެ އަދަދު 6 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ އެވެ. މި ގޮތުން ކޮންމެ ދަރިވަރަކަން ދޭން ޖެހޭ ރިފަންޑް 3500 ޑޮލަރުން މައްޗައް އަރައިގެންދާނެއެވެ.

މައްސަލަ ކޯޓައް ހުށައަޅައި މި މިންވަރަށް މަސްލަހަތު ގޯސްވެފައިވާ މިދަނޑިވަޅުގައި އޭއޭއޭ އިން ވަނީ ފްލައިން ސްކޫލުގައިވާ ބައެތަކެތި ނީލަމަށް ނެރެ ވިއްކާފައެވެ. ވިއްކިގެއް ދިޔައީ ސްކޫލުގެ މުދަލެވެ. އަދި އޭއޭއޭގެ މީހުން ރާއްޖެއިން ފިލަން އުޅޭކަމުގެ ތުހުމަތުވެސް ދަރިވަރުން އަންނަނީ ކުރަމުންމެވެ. އަދި މިހާރުވެސް ފްލައިން ސްކޫލްގައި މަސައްކަތް ކުރަމުން ދިޔަ ގިނަ ބަޔަކު ރާއްޖެ އިން ވަނީ ފުރައިގެން ގޮސްއެވެ.

ފްލައިން ސްކޫލުގެ ދަރިވަރުން ބުނީ އޭއޭއޭ އާއި ގުޅެވުން މިއީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ލަނޑު ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެތައް ފައިސާއަކާއި، އަހަރެއް ދިރިއުޅުމުން ބޭކާރުވެ އުއްމީދުތައް ވިއްސި ވިހާލިވެގެން ގޮސްފައިވާ ކަމަށެވެ.

ދަރިވަރުންގެ އެއްވެސް އިހުމާލެއް ނެތި އެ ދަރިވަރުންނަށް މާލީ އަދި ނަފްސާނީ ގޮތުން މިހާ ބޮޑު ގެއްލުމެއް ދީފައިވާ ކުންފުއްޏަކަށް އެއްވެސް ފިޔަވަޅެއް ނާޅާ މިނިވަން ކަންމަތީ ދޫކޮއްލުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމުގައި ދަރިވަރުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ދަރިވަރުންނާއި ބައްދަލު ކުރައްވާފައެވެ. ނަމަވެސް ދަރިވަރުން އެދޭފަދަ އެވެސް ޖަވާބެއް ނުލިބެ އެވެ. އަދި އެ ނޫން ވެސް ކަމާއި ބެހޭ އެކި އިދާރާތްތަކާއި، އައްޑޫއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ވެސް ދަރިވަރުންނާއި ބައްދަލު ކުރި އެވެ.

ބޭރަށް ފޮނުވައިގެން ކޯސް ނިންމައިދޭނޭ ކަމުގައި ބުނެފައިވީނަމަވެސް މިކަމާއި ގުޅިގެންވެސް އިތުރު ހަބަރެއް ދަރިވަރުންނަށް ނުލިބި ދިއުމަކީ ދަރިވަރުން ހިތާމަކުރާ ކަމެއްގެ ގޮތުގައި އެކުދިން ވަނީ ފާހަގަ ކޮށްފައެވެ.
މިހާތަނަށް މި މައްސަލައަށް އެތަކެއް އަހަރުތަކެއް ވެގެންދާއިރުވެސް ކަންވާނީ ކިހިނެއް ކަމެއް ނުވަތަ ވާންވީ ކިހިނެއް ކަމެއް ދަރިވަރުންނަކައް ކަމާއި ބެހޭ އެއްވެސް ފަރާތަކުން އަންގާފައެއް ނުވެއެވެ.

މައްސަލައިގެ ތެރެއިން އެކަމުގެ ހައްލެއްގެ ގޮތުގައި، ފްލައިން ސްކޫލު ހިންގަން އެވިޑު ކޮލެޖާއި ހަވާލު ކުރި އެވެ. ނަމަވެސް އެ ކޮލެޖުން ވެސް އެއްބަސްވުން ބާތިލު ކުރީ ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ނުލިބޭކަމަށް ބުނެ އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: