ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރެވޭނީ، ކޮމިޝަނުން ނަޝީދު ވަކިކޮށްގެން: ސިއްދީގު

ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީގު/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަން ކުރެވޭނީ، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކޮށްގެންކަމަށް ޕީއެންސީގެ ކައުންސިލް މެމްބަރު އަދި އިދިކޮޅުގެ ގާނޫނީ ވަކީލު އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.

“ސަންގު” ޓީވީގެ ހަބަރަށް ފަހުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ އިސްސަފުގައި އަދި ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވާ ސިއްދީގު ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރެވޭނީ ކުރީގެ ރައީސް ނަޝީދު އެ ކޮމިޝަންއިން ބޭރު ކުރެވިގެން ކަމުގައެވެ.

ގާނޫނާއި ގަވާއިދާއި ހިލާފަށް ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި ޖޭއެސްސީއަށް ދިވެހި ރާއްޖޭގެ ތިން ބާރުގެ ތެރޭގައި ހިމެނޭ އެއް ބާރުގެ ހުރިހާ ބާރުތަކެއް ޖޭއެސްސީއަށް ނަގާފައިވާ ކަމަށްވެސް ސިއްދީގުގެ ވާހަކައިގައި ވަނީ ފާހަގަ ކޮށްފައެވެ.

މިގޮތަށް ކަންތައްތައް ކުރުމުގެ މަގްސަދަކީ ސުޕްރީމް ކޯޓުގައިވާ ފަނޑިޔާރުން މަގާމުން ބޭރުކުރުން ކަމުގައި ދޭހަވާފަދަ މޭރުމަކުން އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އެބޭފުޅުން މިކަން ކުރުމަށްޓަކައި ރާވާލައިފައިވާ ސްޓްރެޓްޖިކް ޕްލޭންގެ ދަށުން އިސްލާމީ ޝަރީއަތެއްވާ ގައުމަކަށް ޣައިރު ގާނޫނީ އުސޫލު ގަބޫލުކުރާ ފަނޑިޔާރެއް ކަމުގައިވާ ޖަސްޓިސް ޖޯހާން ކޮރީގްލާ ޖޭއެސްސީ އިސްލާހުކުރުމުގެ ހުއްޖަތެއް ކަމުގައި ހަދައި ގެނައުމަކީ މިފަދަ އިސްލާމީ ގައުމެއްގައި ގަބޫލު ކުރެވޭނެކަމެއް ނޫންކަން ސިއްދީގު ފާހަގަ ކުރެއްވި އެވެ.

އެގޮތުން ޖަސްޓިސް ޖޯހާން ކޮރީގްލާ ނެރުއްވި ރިޕޯޓްގައި ވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ކަމުގައި ސިއްދީގު ވިދާޅުވިއެވެ. މިގޮތަށް ވަކިކުރެވިގެން ދިއުމުގެ ސަބަބުން ޖޭއެސްސީ އެކީ ހަލާކުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްދީގު ވިދާޅުވީ މި ހުރިހާ ކަމަކަށް އެންމެ ބޮޑަށް ބާރު ފޯރުވަނީ ކުރީގެ ރައީސް ނަޝީދު ކަމަށާއި އެމަނިކުފާނަކީ ކޮންމެތާކުވިއަސް ފައި އަޅާއިލެވިއްޖެ ނަމަ ހުރިހާ ބާރެއް މުށުތެރެއަށް ލުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމުން އެމަނިކުފާނާއި ދެކޮޅަށް ޖޭއެސްސީ އިސްލާހު ކުރައްވަން ބޭނުން ވަނީ ނަމަ ޖެހޭނީ ނަޝީދު ބޭރު ކުރަން ކަމުގައެވެ.

މިހުރިހާ ކަމެއް މިގޮތައް ގެންދިއުމަށް ކުރީގެ ރައީސް ނަޝީދައް އެއްބާރުލުން ދެއްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ސިއްދީގު ވަނީ ތުހުމަތު ކޮއްފައެވެ. ސިއްދީގު ވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ރަހުމަތްތެރިކަމުގެ ގުޅުމަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.

ސިއްދީގު ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ސަރުކާރުން ބޭނުން ނުވަނީ، ޖުޑިޝަރީގެ ތެރެއަށް އަތް ބޭނުމުގެ ނިޔަތުގައި ކަމަށެވެ.

ޖޭއެސްސީ ކޮމްޕޮޒިޝަން ބަދަލު ކުރުމަކީ، އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމެނޭ ވައުދެކެވެ. ނަމަވެސް ސަރުކާރަށް ތިން އަހަރު ވީއިރު ވެސް ޖޭއެސްސީ އެކުލެވިގެން ވާ ގޮތް ބަދަލު ނުކުރެވޭ ސަބަބާއި މެދު ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމްޑީޕީން އެ ވައުދު ފުއްދާނެކަމަށާއި މި ވެރިކަން ނިމުމުގެ ކުރިން އުސޫލު ބަދަލު ކުރެވޭނެ ކަމަށެވެ.

އިދިކޮޅުން ދެ ފަހަރެއްގެ މަތީން ޖޭއެސްސީގެ ބިލެއް ހުށަހެޅި ނަމަވެސް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ ހުށަހެޅުން ބޭރުކޮށްލާފަ އެވެ. އެ ބޭފުޅުން ވިދާޅުވީ މިއީ އެމްޑީޕީގެ ވައުދެއް ކަމަށާއި، އެހެން ކަމުން ބިލު ހުށަހަޅާނީ އެމްޑީޕީގެ ސަރުކާރު މެމްބަރެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: