ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިގްތިސާދީ މިނިވަންކަން އޮތް މިންވަރު ވަރަށް ކުޑަ!

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ގެއްލުންތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިގްތިސާދީ މިނިވަންކަން އޮތީ 47.3 އިންސައްތަ ކަމުގައި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖެ އޮތީ 39 ގައުމުގެ ތެރެއިން މި ރޭންކުގެ 36 ވަނަގައި ކަމުން މިކަމުން ދޭހަ ވެގެންދަނީ އިގްތިސާދީ މިނިވަންކަން ރާއްޖޭގައި ނެތް މިންވަރެވެ.

2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ އިގްތިސާދު ވަނީ ދިރިގެން ގޮސްފައި ކަމަށާއި ނަމަވެސް 2021 ވަނަ އަހަރާއި ހަމައަށް 5 އަހަރުވެގެން ދިޔަ އިރު އިގްތިސާދައް ވަނީ ހީނަރުކަމެއް އައިސްފައިކަމަށް އިންޑެކްސް އޮފް އިކޮނޮމިކް ފްރީޑަމްގައި ވެއެވެ.

މި އަހަރު ރާއްޖޭގެ އިގްތިސާދު 6.4 ޕަސެންޓަށް ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާކުރި ނަމަވެސް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކުރާ ގޮތުގައި އެ އަދަދު 3.5 ޕަސެންޓަށް ދަށް ވާނެ އެވެ.

އައިއެމްއެފް އިން ބުނެފައި ވަނީ 2014 ވަނަ އަހަރު 6.5 ޕަސެންޓްގައި ކުރިއެރި އިގްތިސާދު، ކޮވިޑް 19 ގެ ސަބަބުން ޓޫރިޒަމަށް އައި މަޑުޖެހުމާ ގުޅިގެން މިދިޔަ އަހަރު 1.5 ޕަސެންޓަށް ދަށްވި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓްގައި ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުން ފިސްކަލް ޑެފިސިޓް ކުޑަވެ، ލިބުނު އާމްދަނީ އިތުރުވި ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ އިގްތިސާދަށް ވަނީ ޓެކްސް އިން ބަރު ބޮޑުވެފައިވާ ކަމަށާއި ނަމަވެސް މިފަދަ ގޮތަކައް ކަން އޮތް ހިނދު ވެސް އިންވެސްޓަތައް ކުރުމަށް އެއްވެސް ކަހަލަ މިނިވަންކަމެއް ނެތް ކަމުގައިވެސް ވަނީ ފާހަގަ ކޮށްފައެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗައިނާއިން ނެގި ގިނަ އަދަދެއްގެ ލޯނުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި ވަރަށް ބޮޑުވެފައިވާ ކަމަށާއި އެ މިންވަރު އަދިވެސް އަންނަނީ އިތުރުވަމުންނެވެ. 

ދައުލަތުގެ މިލްކިއްޔާތުގައި ވަނީ ވަރަށް މަދު މުދާތަކެއް ކަމަށް ވާއިރު ގިނަ ބިންތަކާއި ގޯތިތައްވެސް ވަނީ އަމިއްލަ މީހުންގެ ނަންމަތީގައެވެ. އަދި ރާއްޖޭގެ ޖުޑިޝަރީ ހިގަނީ ވަރަށް ލަހުންކަމާއި 25 އިންސައްތަ ފަޑިޔާރުންގެ ކުށުގެ ރިކޯޑްވާކަމުގައި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މީގެ އިތުރުން ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި މުޒާހަރާތަކާއި، އެކި އިވެންޓުތައް ކަވަރު ކުރުމުގެ ތެރެއިން ބައެއް ނޫސްވެރިން ވަނީ ޖަލުގައި ހައްޔަރު ކުރެވިފައެވެ.

ރާއްޖޭގެ ދަރަނި 142 އިންސަތައަށް ހިއްލިފައި ވާއިރު އެތެރެވަމުން ދާ އާމްދަނީ ބޮޑުތަނުންވެސް ވަނީ ދަށުގައެވެ. އަދި ޓެކްސް ގޮތުގައި ލިބެން ޖެހޭ މިންވަރުގެ 17.5 އިންސައްތައަކީ ރާއްޖޭގެ ޕްރޮޑަކްސް ވިއްކައިގެން ލިބޭ ފައިދާ ކަމުގައި މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

އަދި ވޭތުވެ ދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކަރުން ހޭދަކުރާ މިންވަރުގެ 38.6 އިންސައްތަ އަދަދުކުރެވިފައިވަނީ ރާއްޖޭއިން އަމިއްލައަށް އުފައްދަމުންދާ މިލްކިއްޔާތުތަކަށެވެ.

ޓެލެ ކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗާ އިތުރައް ފުޅާކުރުމައް ގެނެވުނު ކުރިއެރުންތައްވަނީ ރާއްޖޭގެ ރަށްތަކުގައިވެސް ހިއްސާ ކޮށްފައެވެ. ނަމަވެސް ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން މިކަމައްވެސް ވަނީ މަޑުޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ވަޒީފާތައްވެސް އާމުންނަށް ދަނީ ގެއްލެމުންނެވެ. ނެރެވިގެން ދިޔަ ރިޕޯޓްގައި ފައިނޭންސް މިނިސްޓްރީއާއި ހަވާލާދީ ބުނެފައިވަނީ އެ މިނިސްޓްރީން 60 އިންސައްތައަށް ވުރެ ގިނަ މިންވަރަކައް ކާޑުގެ ބާއްވަތްތަކައް ފަންޑުކޮށްފައިވާ ކަމަށާއި އަދި ކަރަންޓުގެ ހިދުމަތައް މިއައްވުރެ ބޮޑަށް ފަންޑު ކުރެވިފައިވާ ކަމަށެވެ.

ހުޅުވާލެވިފައިވާ މާކެޓްތަކުގައި ޓްރޭޑް ކުރުމުގެ މިނިވަންކަން ބޮޑުނަމަވެސް ފައިނޭންޝަލް އަދި އިންވެސްޓް ކުރުމުގެ މިނިވަން ކަން އޮތް މިންވަރު ވަރަށް ކުޑަކަން ވަނީ އެންމެ ފަހުން ނެރެވުނު ސްޓޭޓިސްޓިކުތަކުން ހާމަވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: