ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް ދޭއްގައި މާރާމާރީ ހިނގީ ބިދޭސީންތަކެއްގެ މެދުގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މާރާމާރީއެއް ހިންގައި ބަޔަކު ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޒަހަމްވެފަައިވަނީ ތިން ބިދޭސީ ފިރިހެނުންނެވެ، އެމީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން މި މާރާމާރީ ހިނގުމަށް މެދުވެރިވެފައިވަނީ ވައްކަމުގެ މައްސަލައެއްގައި ކަން ސާފުވެފައިވާ ކަމަށާއި އަދި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ފަހަކަށް އައިސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވައްކަމުގެ މައްސަލަތައް އާންމުވެފައިވާއިރު ދާދި ފަހުން ހިޔާ ފްލެޓްގެ އަންހެން ސެކިއުރިޓީ ގާޑަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮލި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: