ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކުށްކުރާ މީހުންގެ ގިނަ، ދައުލަތުގެ ފަރާތުން ބޮޑު ބަދަލެއް ގެންނަންޖެހޭ: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަ ކަމަށާއި އެއީ ދައުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ކަރެކްޝަނަލް މެނޭޖްމަންޓަކީ ރާއްޖެއަށް އެންމެ މުހިއްމު އަދި ވަރަށް ބޭނުންތެރި ދާއިރާއެއް ކަމަށެވެ. ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން އެމްސީއެސް އިން ބެލެހެއްޓުމަށްފަހު، މުޖުތަމައަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މަސައްކަތުގައި ކަރެކްޝަނަލް މެނޭޖްމަންޓް ކޯހަކީ އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ އެއީ ދައުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި އެކަން ކުރުމަށް ތިބީ އެމްސީއެސްގެ އެންމެ މަތިން ފެށިގެން މަސައްކަތްކުރާ މުވައްޒަފުން ކަމުގައި ވިދާޅުވި އެވެ.

”މި ކޯހުގެ ކުރީގެ ދެ ބެޗާއަޅާ ބަލާއިރު މި ބެޗްގެ ދަސްވެނިން ވަރަށް ބޮޑަށް ވަނީ އިތުރުވެފައި. ކޯސްތަކުގައި ބައިވެރިވާ ދަރިވަރުން ކޯސް ފުރިހަމަކުރާ ނިސްބަތް 80 އިންސައްތަ އިތުރުކުރުމަށް މަސައްކަތްކުރަން ޖެހޭ.“ މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: