ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންތާގެ ދަތުރުތައް އައްޑޫ ސިޓީއަށް ފަށައިފި

މަންތާ އެއާގެ ދަތުރުތައް އައްޑޫ ސިޓީއަށް ފެށުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަންތާ އެއާލައިންގެ ދަތުރުތަށް މިއަދު އައްޑޫ ސިޓީ ގަމަށް ފަށައިފިއެވެ.

މި ދަތުރުތަށް ފަށާފައި ވަނީ ހާއްސަ ޕްރޮމޯޝަނަކާއި އެކުގައެވެ. “މަންޓާ އައްޑޫ ޕްރޮމޯ” ގެ ދަށުން ހިންގާ މި ޕްރޮމޯޝަނުގައި 22 ކިލޯގެ ޗެކްޑްއިން ލަގޭޖާ އެކު ކޮމްފަޓް (އިކޮނޮމީ) ކްލާހުގައި 1،250ރ. އަށް ދަތުރުކުރެވޭނެއެވެ. ކޮމްފަޓް ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 1،450 ރ. އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ ފެށޭ މަހުގެ 24 އާއި ހަމައަށެވެ. ޕްރޮމޯޝަންގެ މުއްދަތު ހަމަވުމަށްފަހު ޓިކެޓް ލިބެން ހުންނާނީ 1،450 ރުފިޔާއަށެވެ.

އައްޑޫއަށް ފަށާ މި ދަތުރުތައް ވެގެން ދާނީ މަންޓާ އެއާލައިނުން ދަތުރުކުރާ ތިން މަންޒިލަށެވެ. މީގެ ކުރިން މަންތާގެ ދަތުރުތަށް ހަމައެކަނި ކުރެވެމުން ދިޔައީ ކުޑަހުވަދޫ އާއި ދަރަވަންދޫއަށެވެ.
މަންތާއިން މައުލޫމާތު ދިން ގޮތުގައި މާލެއިން އައްޑޫއަށް ކޮންމެ ދުވަހަކު ފްލައިޓް އޮންނާނެއެވެ. ދަތުރުތަކުގެ ބުކިން އޮންލައިން ކޮށް ހެދޭނޭ ގޮތް މަންތާއިން ވަނީ ހަމަޖައްސާފައެވެ.

ދަތުރު ކުރާ ފަރާތްތަށް ގިނަވެ މަންތާ އެއާލައިންއަށް އޮތް ޑިމާންޑް ބޮޑުވެއްޖެނަމަ އިތުރު ފްލައިޓްތަށް ހަމަޖެއްސިގެނަދާނެ ކަމަށް މަންތާއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: