ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރައީސް ޔާމީން ކުރައްވަނީ އިންޑިއާ ސަލާމަތް ކުރަން މަހާތަމާ ގާނދީ ކުރިފަދަ މަސައްކަތެއް”

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަހާތަމާ ގާންދީ އިންޑިއާގެ ދިފާއުގައި ކުރެއްވި މަސައްކަތާއި ރައީސް އަބްދުﷲ ޔާމީންގެ މަސައްކަތާ އެއްވެސް ތަފާތެއް ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

“ސަންގު” ޓީވީގެ ޚަބަރަށްފަހުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީޕް ވަނީ މަހާތަމާ ގާންދީ އޭރު އިގިރޭސީންގެ އަތްދަށުން އިންޑިއާ ސަލާމަތް ކުރުމަށް ކުރެއްވި މަސަކަތާއި، އިންޑިއާ ސިފައިން ދިވެހި ރާއްޖެއިން ބޭރުކުރަން ރައީސް ޔާމީން ކުރައްވާ މަސައްކަތާއި އެއްވެސް ތަފާތެއް ނެތްކަމަށް ވިދާޅުވެފަ އެވެ.

“އިންޑިއާ އައުޓް” ގެ ނަމުގައި ރައީސް ޔާމީން ފެއްޓެވި ކެމްޕެއިންއަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ހަތިޔާރާއި އެކު ތިބި ކަމަށް ބުނެ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ހިންގަމުންދާ ކެމްޕެއިންއެކެވެ. ޤައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށްޓަކައި ރައީސް ޔާމީނު ކުރައްވާ މި މަސައްކަތަކީ އިންޑިއާގެ ރައްޔިތުންނާއި ދެކޮޅަށް ކުރައްވާ މަސައްކަތެއް ނޫން ކަމުގައި ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

މަހާތަމާ ގާންދީ އާއި އެއްގޮތަށް ސުލްހަ ވެރި މުޒާހަރާތަކާއި އިހްތިޖާތުތަށް ބާއްވަވައިގެން އެމަނިކުފާނު ބާއްވާ މި ހަރާކާތުން މަހާތަމާ ގާންދީ އާއި ހުރި ހަމައެކަނި ތަފާތަކީ ރައީސް ޔާމީނަކީ ދިވެހި ރަތްޔިތަކަށް ވާހިނދު މަހާތަމާ ގާންދީ އިންޑިއާއަށް ނިސްބަތް ވުން ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ކުރެއްވި ވެރިއެއްގެ ހައިސިއްޔަތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ރައީސް ޔާމީން ކުރައްވަނީ، ކޮންމެހެން ވެސް ކުރައްވަން ޖެހޭ މަސައްކަތެއްގެ ގޮތުގައި މެމްބަރު ފާހަގަ ކުރެއްވި އެވެ.

ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ސިޔާސީ މަންފާގެ ބޭނުމުގައި ކެމްޕެއިން ކުރާތީ ދައުލަތުން ފޯރުކޮށްދޭ އިނާޔާތްތައް ހުއްޓާލަން ޖެހޭކަމަށް ސަރުކާރުގެ ބައެއް މެމްބަރުން ވަނީ ގޮވާލާފަ އެވެ. އެގޮތުން “ސަންގު ޓީވީ” ގެ ޕްރޮގްރާމެއްގައި ރައީސް ޔާމީންގެ އިނާޔާތްތައް ކަނޑާލުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެފައިވާތީ، އެކަމަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވައި ރައީސް ޔާމީން ކުރައްވާ މަސައްކަތްތަކަށް އިތުރު އިނާޔަތްތައް ލިބެންޖެހޭ ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން ގައުމަށް ގެއްލުންވާކަމަށް ބުނެ އެކަމުގެ ދިރާސާއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ، ގައުމީ ސަލާމަތީ ކޮމިޓީން ދަނީ ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: