ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުލްހަ މަސަލަސްކަމާއި މަޝްވަރާ އިސްކުރުމަށް ޝާހިދު ގޮވާލައްވައިފި

އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިޔާ އާއި ޔޫކްރެއިންގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާގެ އުސޫލު އިސްކޮށް މަޝްވަރާ ވަރުގަދަ ކުރުމަށް އ.ދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރަޝިޔާ އާއި ޔޫކްރެއިންގެ މައްސަލައިގައި ރޭ އ.ދ ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި  ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުމުގެ މައްސަލަ ހައްލުވެގެންދާނީ ސުލްހަ އިސްކޮށް މަޝްވަރާތަައް ވަރުގަދަ ކުރެވިން ކަމުގައެވެ. ހަމަ އެއާއިއެކު އ.ދ އުފެދި މި ފާއިތުވި 76 އަހަރު ދުވަހުގެ ތެރޭގައި ދުނިޔެއިން ދަސްވި ފިލާވަޅަކީ ހިޔާލު ތަފާތުވުންތައް ހައްލުވެގެންދާނީ އަސްކަރީ ބާރުފޯރުވުމުގެ ބަދަލުގައި ސިޔާސީ މަޝްވަރާއިން ކަމަށެވެ.

1945 ވަނަ އަހަރާ ހަމައަށް ދުނިޔެ އައިއިރު އ.ދ ގެ ފައުންޑަރުން ދުނިޔޭގެ ދެ ބޮޑު ހަނގުރާމައިގެ ގެއްލުމާއި ހަލާކާއި ކެކުޅުމާއި ވޭން ތަހައްމަލް ކޮށްފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ދާއިމީ ސުލްހައެއް ކަށަވަރުކުރުމަށް އޮތް ހަަމައެކަނި މަގަކީ އ.ދ ގެ ޗާޓަރާއި އެ ޗާޓަރުގެ މަގްސަދުތަކާއި އުސޫލުތަކަް ފުރިހަމައަށް އަމަލުކޮށްގެން ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

އ.ދ ގެ ޗާޓަރުގެ 1 ވަނަ މާއްދާގައި އ.ދ ގެ މެންޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސުލްހަ މަސަލަސްކަން ނަގާލެވިދާނެފަދަ ދެބަސްވުންތައް ނުވަތަ ހާލަތްތައް އިންސާފުވެެރިކަމާއި ސުލްހަވެރި ގޮތެެއްގެ މަތިން ހައްލުކުރުމެވެ.

ވުމާއެކު ގާނޫނީ ހަމަތަކުގެ މަތިން އަމަން އަމާންކަން ދެމެހެއްޓުމަކީ އދ ގެ މައިގަނޑު އެއް މަގްސަދެވެ.

ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ މީގެ 68 އަހަރު ކުރިން އދ ގެ ކުރީގެ ސެކެޓްރީޖެނެރަލް ދާގް ހަމްމަރޝްޖޯލްޑް ވިދާޅުވި ވާހަކަފުޅަކުންނެވެ. އޭނާ ވިދާޅުވެފައިވަނީ “އ.ދ އަކީ އިންސާނާ ގޮވައިގެން ސުވަރުގެއަށް ދާން އުފެއްދި ތަނެއް ނޫން ނަމަވެސް އެ މުއައްސަސާ އުފެއްދީ އިންސާނިއްޔަތު ނަރަކައިން ސަމާމަތް ކުރުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: