ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ތިކި” އެޕް ހުއްޓާލަން ކޯޓު އަމުރު ނެރެއެއް ނުދިން!

ފޮޓޯ: ތިކި ފޭސްބުކް ޕޭޖް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިކި އެޕްލިކޭޝަނަކީ ހަދިޔާ އެމްވީ ގެ ކޮޕީއެއް ކަމަށް ބުނެ އެޕްލިކޭޝަން ހުއްޓާލުމަށް އެދި ލ. ފޮނަދޫ ޑޭލައިޓް ޔޫސުފް ހަލީލް އެދުނު ވަގުތީ އަމުރު ކޯޓުން ނެރެއެއް ނުދިނެވެ.

ލޭ ހަދިޔާ ކުރާ މީހުންނާއި ލޭ ހަދިޔާ ކުރާ މީހުންނަށް ހާއްސަ ކޮށްގެން އަނަސް ހަބީބު ތައާރަފް ކުރި ތިކި އެޕްލިކޭޝަނަކީ ހަދިޔާ އެމްވީ ގެ ކޮޕީ އެއް ކަމަށް ބުނެ އެޕްލިކޭޝަންއާ ދެކޮޅަށް މިއަދު ފޮނަދޫ ކޯޓްގައި ބޭއްވުނު ޝަރީއަތުގައި ގާޒީ އަލީ ޝަރީފް ވިދާޅުވީ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށާއި ސަބަބަކީ ވަގުތީ އަމުރު ނެރެދެވެން އޮންނަ ތިން ޝަރުތު ހަމަނުވާތީ ކަމުގައެވެ.

މައްސަލައިގައި ދައުވާ ކުރި ހަލީލް ބަދަލެއްގެ ގޮތުން 375،400 ރުފިޔާ ހޯދުމަށް އެދިފައިވެއެވެ. އެއީ “ތިކި” އެޕްލިކޭޝަން ހެދުމުން ނަފްސާނީ ގޮތުން ލިބުނު ގެއްލުގެ ބަދަލުގެ ގޮތުގައި 350،000 ރުފިޔާ އާއި ވެބްސައިޓް ހެދުމަށް އޭނާ އަތުން ހަރަދުވެފައިވާ 20،000 ރުފިޔާ އާއި ދިރާގުން ޑޮމެއިން ގަތުމަށް ހަރަދުވި 5،400 ރުފިޔާއެވެ.

ގަވައިދުން ލޭ ހަދިޔާ ކުރަމުން ދިޔަ، ޔޫސުފް އަކީ ލޭގެ ކަންސަރަށް ފަރުވާ ހޯދި މީހަކަށް ވުމުން އޭގެ ފަހުން އޭނާއަށް އެކަން މަނާވި އެވެ. އެހެންވެ ޔޫސުފް ބޭނުންވީ ލޭ ބޭނުންވާ މީހުންނަށް އޭނާގެ ފަރާތުން ކޮންމެވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދޭށެވެ. އެގޮތުން 2018 “ހަދިޔާ އެމްވީ” ގެ ނަމުގައި ވެބްސައިޓެއް ހެދުމުގެ މަސައްކަތް ފަށައި 2019 ގެ އެ ލޯންޗު ކުރި އެވެ. އަނަސް އަކީ ކޮންމެވެސް ވަރަކަށް ވެބްސައިޓުގެ މަސައްކަތް ކުރާ މީހެއްކަމަށް އޭރު ވެސް އޭނާ، އަނަސްގެ އެހީއަށް އެދުނެވެ.

ނަމަވެސް ޔޫސުފް ބޭނުންވާ ޑިޒައިނާ، ކޮންސެޕްޓަށް ވެބްސައިޓު ހަދަން އަނަސްއަށް ނޭނގޭތީ އެ މަސައްކަތް ކުރީ އެހެން މީހެއްކަމަށް ޔޫސުފް ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: