ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ޓިކެޓްގައި ޤާސިމް ވެރިކަމަށް ވާދަނުކުރައްވާނެ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް -- ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމް، ޕީޕީއެމްގެ ޓިކެޓްގައި ވެރިކަމަށް ވާދަނުކުރައްވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ގއ. ވިލިނގިލީގައި އިއްޔަ ކުރިއަށް ގެންދިޔަ ”އިންޑިއާ އައުޓް“ ކެމްޕޭންގައި ރައީސް ޔާމީންވަނީ ޤާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

”ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް ފާޑުވިދާޅުވާން ކުރީގެ ރައިސް އަބްދުﷲ ޔާމީނަށް ކެރުނީތީ ހައިރާންވަން.“

ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދުދީ ޖުމްހޫރީ ޕާޓީން ބުނެފައިވަނީ، ޔާމީންގެ ވެރިކަން ވޯޓަކުން ބަދަލުކުރެވުނީވެސް ޤާސިމް އިބްރާހިމްގެ އެއްބާރުލުމާ އެކުކަމަށާއި، އަދި ޔާމީނަށް ވެރިކަން ލިބުނީވެސް ޤާސިމް އިބްރާޙިމް ތާއީދު ކުރެެއްވުމުން ކަމަށެވެ.

”މިއަދު މި ރާއްޖޭގެ ރައްޔިތުން ޤާސިމް އިބްރާހިމަށް ތާއީދު ކުރައްވާ، އަދި އެ ތާއީދު އޮތް މިންވަރު ޔާމީނަށް ފެނިވަޑައިގަންނަވާލެއް ބޮޑުކަމުން ޔާމީން، ޤާސިމް އިބްރާހިމްއަށް ފާޑުވިދާޅުވާން ފެއްޓެވުމަކީ އަޅުގަނޑު ހައިރާންވާކަމެއް ނޫން.“ ޖޭޕީގެ އިސްތަރުޖަމާން އަލީ ސޯލިހް ވިދާޅުވިއެވެ.

ޖޭޕީން ބުނެފައިވަނީ ކޯލިޝަން ހެދުމަށް އަބަދުވެސް ބޭފުޅުން އަންނަނީ ޖޭޕީ އަށް ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ޓިކެޓްގައި ޤާސިމް އިބްރާހިމް ވެރިކަމަށް ވާދަނުކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ބުނެފައިވަނީ ޔާމީން ދޫކޮށް ޖޭޕީއަށް ގުޅުނު މެމްބަރުންގެ ކޮލިޓީ އެނގިވަޑައިގެން ހުންނަވާ އެބޭފުޅުންނަށް ޔާމީން ފާޑުވިދާޅުވުމަކީ ހައިރާންވާވަރު ކަމެއް ނޫންކަމަށެވެ. އަދި ޕީޕީއެމް ދޫކޮށް ޖޭޕީއަށް ގުޅުނު މެމްބަރުން މަސައްކަތް ކުރަމުން އަންނަނީ އިހުލާސްތެރިކަމާއެކު ޤާސިމް ވެރިކަމަށް ގެނައުމަށްކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: