ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ކާރިސާއަކުން އަނެއް ކާރިސާއަކަށް އިބްރަތް ހޯދަނީ ތަފާސްހިސާބުގެ އެހީގައި: ނަސީމް

ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރުގެ އާންމު ހިދުމަތާއި ސިއްހީ ދާއިރާގެ ތަފާސް ހިސާބުތައް އެކުލެވޭ ރިޕޯޓް ހެލްތް މިނިސްޓްރީން މިއަދު ނެރެފިއެވެ.

ސިއްހީ ހިދުމަތުގެ ރިޕޯޓް ނެރެދެއްވީ އެކަމަށްޓަކައި ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އޮފީހުގެ ސޯޝަލް ޕޮލިސީ އެޑްވައިޒަރ ޑރ މުސްތަފާ ލުތުފީއެވެ.

މި ރިޕޯޓްގައި 2020 ވަަނަ އަހަރު ސިއްހީ ދާއިރާގައި ކުރެވުނު މަސައްކަތް ތަކުގެ ތެރޭގައި ހިމެނޭ ވިހާ މަރުވާ މައުލޫމާތާއި ބަލިތައް ރިކޯޑު ކުރުމުގެ މަސައްކަތް ހިމެނޭ ކަމުގައި މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

2020 ވަނަ އަހަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވި އަހަރުކަމަށްވުމާއި ގުޅިގެން އެ އަހަރު ރާއްޖޭގައި ކޮވިޑާއި ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރެވުނު ގޮތްތަކާއި ކޮވިޑާއި ގުޅިގެން ސިއްހީ ދާއިރާއިން  ކުރެވުނު މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު މިރިޕޯޓްގައި ހިމެނިފައިވެއެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު 50 އިންސައްތައަށް ވުރެ ގިނަ މީހުން ސިޒޭރިއަން ހަދައިގެން ވިހާފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ އާއްމުން މުޖުތަމައެއްގައި ދިރިއުޅެން ފެށީއްސުރެ ތަފާސް ހިސާބު ވެފައިވަނީ ވަރަށް މުހިއްމު އެއްޗެއްކަމުގަ އެވެ.

ދިމާވާ ކޮންމެ ކާރިސާއަކުން އަނެއް ކާރިސާއަކަށް އިބްރަތް ހޯދަނީ ތަފާސްހިސާބުގެ އެހީގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކޮވިޑް 19 އިގެ ބަލިމަޑުކަން އަދި ނިމިފައިވާ ކަމަށް ނިންމައިގެން ނުވާނެ ކަމަށާއި އެކަމަށް ތައްޔާރުވެތިބުމަށް ނަސީމް ގޮވާލެއްވި އެވެ.

“މިހާރު އަޅުގަނޑުމެން ނިންމައިގެން ނުވާނެ ކޮވިޑުގެ ކަންތައްތައް އަދި ނިމުނީއެކޭ ނުވަތަ އެހެން ކާރިސާއެއް ދިމައެއް ނުވާނެއޭ. އަޅުގަނޑުމެންނަށް އަބަދު ވެސް މި ކަހަލަ ކަންތައްތައް، ދުނިޔޭގައި އުޅޭހާ ހުރިހާ ދުވަހަކު އަޅުގަނޑުމެންނަށް ދިމާވާނެ. އެއަށް، އެއް ކަމަކުން އިބްރަތް ހޯދައިގެން އަނެއް ކަމަކަށް ތައްޔާރުވެގެން އަބަދު ވެސް ތިބެން ޖެހޭނީ” ހެލްތް މިނިސްޓަރ އަހުމަދު ނަސީމް

މިއަދު ނެރުނު ސިއްހީ ހިދުމަތުގެ ރިޕޯޓަށް އަލި އަޅުއްވާލައްވައި މިނިސްޓަރު ދެއްކެވި ވާހަކަ ފުޅުގައި ރިޕޯޓްގެ ތަފާސްހިސާބު ދައްކާގޮތުގައި ރާއްޖޭގައި ހިމެނޭ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ތެރެއިން 40 އިންސައްތަ ޑޮކްޓަރުންނަކީ ދިވެހިން ކަމަށާއި 59 އިންސައްތަ ނަރުހުންނަކީ ދިވެހިން ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ޝްޕެޝަލިސްޓުންގެ ތެރޭގައި ހިމެނޭ ބައެއް ޑޮކްޓަރުންނަކީ  ދެކުނު އޭޝިޔާގައި  އެންމެ ރަނގަޅަށް ސިއްހީ ކަންތައްތަކުގައި ޝްޕެޝަލަޒްޑް ވެފައިވާ ޑޮކްޓަރުން ހިމެނޭކަން ފާހަގަކުރައްވާފައިވެއެވެ.

“ވަރަށް ގިނަ ސްޕެޝަލިސްޓުން، މުހިއްމު ބޭފުޅުން އެބަތިއްބެވި. އަޅުގަނޑު ދެކޭގޮތުގައި އެ ބޭފުޅުންނަކީ ސަރަހައްދުގައި ވެސް ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރައްވާ ގަދަރު ލިބިގެންވާ ބޭފުޅުން. އެބަތިއްބެވި ދެކުނު އޭޝިޔާގައި އެންމެ ރަނގަޅަށް ސިއްހީ ކަންތައްތަކުގައި ސްޕެޝަލައިޒްވެގެން ތިއްބެވި ބޭފުޅުން.” މިނިސްޓަރ ނަސީމް

ހެލްތް މިނިސްޓްރީން އެކުލަވާލި ރިޕޯޓްގެ އެހީގައި އިތުރަށް ޑޮކްޓަރުން ތަމްރީނުކުރުމަށް އަމާޒު ކުރަންޖެހޭ ދާއިރާތަށް ހޯދައިގަތުމަކީ ހެލްތް މިނިސްޓްރީން ކުރަން ޖެހޭ ކަމެއްކަމުގައި ނަސީމް ވިދާޅުވެފައިވެއެވެ. ނަރުހުންނާއި ޑޮކްޓަރުން ތަމްރީނުކުރުމުގެ މަސައްކަތަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޚިގެން މުހިއްމު ސަމާލުކަމެއް ދީގެން ކުރަންޖެހޭ ކަމެއްކަމުގައިވެސް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

ސިއްހީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުގެ 29 މުއައްސަސާ ހިމެނިގެން ހެލްތް މިނިސްޓްރީ އާއި އެކު ހާއްސަ ބައްދަލުވުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައި ކުރިއަށްގެންދަވާ ކަމުގައިވެސް ނަސީމް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ޑރ. މުސްތަފާ ލުތުފީ ވިދާޅުވި ގޮތުގައި ތަފާސްހިސާބަކީ ސިއްހީ ދާއިރާގެ އެންމެ މުހިއްމު ފޮޓޯ އެވެ. އެ މައުލޫމާތުތަކުގެ އެހީގައި ސިއްހީ ދާއިރާގެ ޕްރޮގްރާމްތައް ހިނގަމުންދާ ގޮތާއި، ހިނގަމުންދާ ފެންވަރާއި ޕްރޮގްރާމްތަކަށް ގެންނަން ޖެހޭ ބަދަލާއި، ކުރިއަށް ގެންދަންޖެހޭ ގޮތާއި،  ސިއްހީ ދާއިރާގެ މީހުންނާއި އެމީހުންނަށ ގެންނަންޖެހޭ ބަދަލުގެ އިތުރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން އެނގިގެންދާނެކަމުގައެވެ. މީގެ އިތުރުން ސިއްހަތުގެ މުހިއްމުކަމާއި ގުޅޭ ގޮތުން ޑރ މުސްތަފާ ލުތުފީ ވިދާޅުވީ

ސިއްހަތާއި ނުލާ ގައުމު ކުރިއަރައި ނުދާނެ ކަމަށާއި ގައުމު ކުރިއަރާދަނީ ސިއްހީ ގޮތުން ދުޅަހެޔޮ ވަރުގަދަ ބަޔަކު ތިބެގެން ކަމުގައި މުސްތަފާ ލުތުފީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: