ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްލުމަށް ރަނުގެ ފުރުސަތެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްލުމަށް ރަނުގެ ފުރުސަތެއް ދިރާގުން ހުޅުވާލައިފިއެވެ.

ދިރާގުން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތަށް އެދި މުޅިން ހިލޭ ޓީވީ ގުޅައިދޭނެ ކަމަށާއި މީގެ އިތުރުން ޖޯއިބޮކްސްވެސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 31 މާރޗް 2022 ގެ ނިޔަލަށެވެ.

ޓީވީގެ ބޭސިކް އަދި ގޯލްޑް ޕެކޭޖް ނަންގަވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަން ގެ ދަށުން އިތުރު ގިނަ ޗެނަލްތަކެއް އެއް މަސް ދުވަހުގެ މުއްދަތަކަށް ހިލޭ ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީ އިން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޓީވީ ފޯރުކޮށްދެމުން އަންނަ އިރު ދުވަހުން ދުވަހަށް ފޯރުކޮށްދޭ ހިދުމަތް ދަނީ ފުޅާ ކުރަމުންނެވެ.

މިގޮތުން އެތައް ދުވަހެއްގެ އިންތިޒާރީ އަށްފަހު ދިރާގު ޓީވީގެ ކަސްޓަމާސްއަށް ޕްރިމިއަރ ލީގްގެ މެޗުތައްވެސް ނިއޯޓިވީ (ޗެނަލް 6) މެދުވެރިކޮށް އެންމެ ހެޔޮ އަގުގައި އެޗްޑީ ކޮލިޓީގައި ބެލޭނެ ގޮތް މިވަނީ އިންތިޒާމް ކޮށްދީފައެވެ.

ރާއްޖޭގެ 82 އިންސައްތަ ގޭބީސީގައި ދިރިއުޅޭ އެތަށް ބަޔަކަށް 100 އަށް ވުރެ ގިނަ ޗެނަލް ދިރާގު ޓީވީއިން އަންނަނީ ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: