ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު ހައްޔަރު ކުރަން އިންޓަޕޯލް ރެޑް ނޯޓިސްއެއް!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގޯނާގެ ތުހުމަތުތަކެއް ކުރެވި، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރި އަލީ ވަހީދު ހައްޔަރުކޮށް ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެފި އެވެ.

އަލީ ވަހީދު ރާއްޖެ ގެނައުމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދީ ފުލުހުން މިއަދު ބުނީ، އޭނާ ހައްޔަރުކޮށް ރާއްޖެ ގެނައުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ.

އަލީ ވަހީދު ހައްޔަރުކޮށް ގެނައުން ލަސްވީ، ކްރިމިނަލް ކޯޓުން ބޭނުންވާ ކްރިމިނަލް ކޯޓުގެ އިނގިރޭސި ތަރުޖަމާ ނުލިބިގެންކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ސީރިއަސް ތުހުމަތުތަކެއް ކުރެވި މަގާމުން ވަކި ކުރިތާ މާގިނަ ދުވަހެއް ނުވެ އަލީ ވަހީދުގެ މައްޗަށް ދައުވަތައް އުފުލި އެވެ. އަދި ޝަރީއަތުގެ އަޑުއެހުންތައް ފަށާފައިވަނިކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިއުމަށް ފަހު އަމިއްލައިން އަރުވާލެވިގެން ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އެ ގައުމުގައި ހުންނަވައި ސަރުކާރަށް ފާޑުކިއުންތައް އަލީ ވަހީދު އަމާޒުކުރާއިރު އޭނާ ވަނީ މިއީ ސިޔާސީ ގޮތުން ކުރާ ތުހުމަތުތަކެއްގެ ގޮތުގައި ވިދާޅުވެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: