ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަދާގެ އާއިލާއިން އެދެނީ އިހުމާލުވީ މީހުންނަށް ދާއުވާ ކޮށްދިނުމަށް!

ފަސް އަހަރުގެ ސަދާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ފަސް އަހަރުގެ ސަދާ ސައުދުﷲ ގެ މަރާއި ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގާ މަރުގައި އިހްމާލުވީ މީހުންނަށް ދައުވާ ކޮށްދިނުމަށް އާއިލާގެ ފަރާތުން އެދިއްޖެއެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ފުވައްމުލަކު ހޮސްޕިޓަލަށް ސަދާ ގެންދިޔައީ ބަނޑުގައި ރިއްސައި ހޮޑު ލާތީ ފްލޫ ކްލިނިކަށް ގެންގޮސްގެން ފަރުވާ ނުލިބުމުންކަމުގައި އާއިލާއިން ވަނީ ބުނެފައެވެ. ހޮސްޕިޓަލްއިން އިންޖެކްޝަންއެއް ޖެހިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ސަދާ މަރުވީކަމަށް ކުއްޖާގެ ބައްޕަ ވަނީ މައުލޫމާތު ދީފައެވެ.

ހެލްތް މިނިސްޓްރީން އެ މައްސަލަ ތަހުގީގުކޮށް އެ މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޔުނިޓުން ނާސިން ކައުންސިލް އަދި މެޑިކަލް ކައުންސިލަށް ފިޔަވަޅު އަޅަން ފޮނުވިކަން އެނގިފައިވާކަން ހާމަކޮށް ސައުދުالله ބުނީ, ފަސް މަސް ވެގެންދާއިރު އެޅި އެއްވެސް ފިޔަވަޅެއް އެނގެން ނެތް ކަމަށެވެ.

މި އިހުމާލުގައި ޝާމިލްވާ ބައެއް މީހުން ރާއްޖެއިން ބޭރަށް ފުރުވާލުން މިއީ މައްސަލަ މިގޮތަށް ހުށައެޅުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމުގައި ސަދާ ބައްޕަ ވަނީ ފާހަގަ ކުރައްވާފައެވެ.

“އަޅުގަނޑުގެ ދަރިފުޅު ސަދާ މަރުވި މައްސަލަ ތަހުގީގުކޮށް އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ވަކިވަކިން ޖިނާއީ ދައުވާކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިއްޔެގަ މައްސަލަ ލައިފިން,” ސައުދުالله ވިދާޅުވިއެވެ.

ސަދާގެ ގަޔަށް ޖެހި ކަމަށް ހޮސްޕިޓަލް އިން ބުނާ އިންޖެކްޝަން ތަފްސީލު ލިޔުން ތަކުގައި ވީނަމަވެސް އެއްވެސް މެޑިކަލް ރިޕޯޓަކުން އަދި ލިޔުމަކަުންވެސް އެއީ ތެދެއްކަން ކަށަވަރު ކުރެވެން ނެތް ކަމުގައި ސައުދުﷲ ވަނީ ފާހަގަ ކޮށްފައެވެ.

ހޮސްޕިޓަލުންނާއި އެތަނުގައި ތިބޭ ނަރުހުން އަދާ ކުރަން ޖެހޭ ޒިންމާ އަދާނުކޮށް އޮތް އޮތުމުގެ ސަބަބުން ސަދާ މަރުވީތީ އޭނާ ވަނީ ހޮސްޕިޓަލާއި ނަރުހުންވެސް ކުށްވެރިކޮށްފައެވެ.

ސައުދުﷲ ވިދާޅުވި ގޮތުގައި މަދަނީ ބަދަލު ހޯދުމަށްޓަކައި ހެލްތް މިނިސްޓްރީ އާއި ދެކޮޅަށްވެސް ދައުވާ އުފުލާނެ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: