ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއަށް ޓޫރިސްޓުންނަށް އާދެވޭ ގައުމުތައް އިތުރު ވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް އައްޑުއަށް ގިނަ ގައުމުތަކުގެ ފަތުރުވެރިންނަށް އާދެވޭނެ ގޮތް މިއަދު ހަމަޖެހިފައިވާ ކަމުގައި ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އަދި އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެއެެވެ.

އެކަން ހާމަކުރައްވައި ފިރާގު ވިދާޅުވީ  ދެކުންފުނި ގުޅިގެން ކުރަމުންގެންދާ ބުރަ މަސައްކަތުން އައްޑުއަށް މިއަދު އިޓަލީ، ލަންޑަން، ޖަރުމަނުވިލާތް، ދުބާއީ އަދި ދޯހާ ހިމެނޭހެން ފަރުތުވެރިން އައްޑޫ ސިޓީ އަށް އެތެރެވެވޭނެ މަގު ފަހިވެފައިވާ ކަމަށެވެ.

ސްރީ ލަންކަން އިން އަންނަ މީހުންނަށް މަންޓާ މެދުވެރިކޮށް ހުވަދު އަތޮޅަށް ކަނެކްޓިވިޓީ ދޭން ފެށުމުން މި ސަރަހައްދުގެ ޓޫރިސްޓް ފެސިލިޓީތަކަށް އަންނަ ޓޫރިސްޓުންގެ އަަދަދު ބޮޑުތަނުން އިތުރުވާން ފަށާނެ އެވެ. ސްރީ ލަންކަން އިން މި ވަގުތު ގަމަށް ބާއްވަނީ ހަފުތާ އަކު އެއް ފްލައިޓް ނަމަވެސް މި މަހުގެ 29 އިން ފެށިގެން  ދަތުރުތައް އިތުރުކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސްރީ ލަންކަން އާއި މަންޓާއާ ދެމެދު އެއްބަސްވުމަކަށް އައީ މިދިޔަ މަހުގެ 23 ގަ އެވެ.

 

ސްރީ ލަންކަންގެ އަމާޒަކީ ރާއްޖޭގެ އެންމެ ދެކުނަށް އަންނަ ޓޫރިސްޓުން އިތުރުވާން ފެށުމުން ކުރިއަށް އޮތް ތަނުގައި ދެކުނަށް ކުރާ ދަތުރުތައް އިތުރުކުރުމެވެ . މިކަމަށް އެހީތެރިވުމުގެ ގޮތުން މަންޓާގެ ވިސްނުމަކީ މާލެ ސަރަހައްދަށް އަންނަ ޓޫރިސްޓުންނަށް ވެސް ގަމުން މާލެ އަށް ވެސް ކަނެޓްކްޓިވީ ދެވޭ ގޮތަށް ހަމަޖެއްސުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: