ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއިން އެދެނީ ނަޝީދަށް ދެރަ ގޮތެއް ވިޔަނުދިނުން: ހަސަން

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ އެމްޑީޕީ މެމްބަރުންގެ އެދުމަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ދެރަގޮތެއް ވިޔަނުދިނުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކެމްޕެއިނަށް އައްޑޫ ސިޓީގައި އުޅުއްވުމަށް ފަހު ރޭ ފުރާ ވަޑައިގެން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ އެމްޑީޕީ މެންބަރުންގެ އެންމެ ބޮޑު އެދުމަކީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުމާއެކު ރައީސް ނަޝީދަށް ދެރަގޮތެއް ވިޔަނުދިނުން ކަމަށެވެ.

މި ދަތުރުން ލިބުނު އުފާވެރިކަމަކީ އިންތިއާއެކު މި މަސައްކަތުގައި ފޫގަޅާފައި މެންބަރުން ތިބިކަން ކަށަވަރުވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހޮވާ މަގާމުތަކުގެ ތެރެއިން އެންމެ ފޯރިގަދައީ ޗެއާޕާސަން ހޮވުމުގެ އިންތިހާބެވެ. ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން މިހާރު ހަމަޖައްސާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: