މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޖެންޑާ މިނިސްޓްރީ އަށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.
އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ގޮދަޑި އާއި ބެޑްޝީޓެވެ. އެގޮތުން 127 ގޮދަޑި އާއި ބެޓްޝީޓް ވަނީ ހަދިޔަކޮށްފައިވެ އެވެ.
އެ ތަކެތި ޖެންޑާއާ ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސިއީއޯ ޝާހިދު އަލީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ތަކެތީގެ ރަމްޒީ ލިޔުމާ ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރެވެ.
ފަޒުނާ ވިދާޅުވި ގޮތުގައި އެމްޕީއެލުން ހަދިޔާކުރި ތަކެއްޗަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާ ތަންތަނަށް މިވަގުތަށް އެންމެ މުހިންމު ތަކެއްޗެވެ. އޭނާ ވިދާޅުވީ އެ ތަކެތި ބޭނުންކުރާނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒާއި ވިލިނގިލީގައި ހުންނަ ވަގުތީ ހިޔާގަ އެވެ.

