ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަން ބައެއްމީހުން ޖަލުތަކުގައި މަސައްކަތްކުރޭ: ކޮމިޝަނަރ އޮފް ޕްރިސަން

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނުގެ ނަމުގައި ޖަލުތަކުގައި މީހުން ޖިހާދައް ނޫނީ އެހެން ކަންކަމަށް ތަމްރީނު ކުރާކަމަށް މަސައްކަތް ކުރާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އަހުމަދު މުހައްމަދު މިފަދައިން ވިދާޅުވީ “ޕްރިންސިޕަލްސް އެންޑް ކޮންސެޕްޓްސް އޮފް ކައުންޓަރިންގ ވަޔަލަންޓް އެކްސްޓްރީމިސްމް އެންޑް ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް”ގެ ތަމްރީންތައް ފުރިހަމަކުރި އޮފިސަރުންނަށް ސެޓްފިކެޓްދިނުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމަކީ  ހަރުކަށި ފިކުރު ޖަލުތަކުގައި ފެތުރުން ހުއްޓުވުމުގެ ބޭނުމުގައި ޕްރިޒަން އޮފިސަރުން ހޭލުންތެރިކުރުވުމަށް ތަމްރީން ދިނުމުގެ ބޭނުމުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން މާފުށީ ޖަލުގައި ސްޕެޝަލްމެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) ވަނީ ޤާއިމްކުރެވިފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. 28 އޮފިސަރުން ބައިވެރިވި މި ޕްރޮގްރާމްގައި ސެޓްފިކެޓް ހަވަލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައިދެއްވީ އެމެރިކާގެ ޑިޕަރޓްމަންޓް އޮފް ޖަސްޓިސްގެ އިންޓަނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރޭނިންގ އެސިސްޓަންސް ޕްރޮގްރާމް (އައިސިޓަޕް) ގެ ކޮންސަލްޓަންޓް މރ. މައިކް ޕަނެކްއެވެ. މައިކް ވިދާޅުވީ ހަރުކަށި ފިކުރުގެ ފަރާތްތައް ރިހެބިލިޓޭޓް ކުރުވުމަކީ މިކަމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަމުންދިއުމަކީ ހުރިހާ ޤައުމުތަަކެއްގެ ޖަލުތަކުގައިވެސް ކުރަމުންގެންދާ ހައްލު ކުރަން ދަތި ކަމެއްކަމުގައެވެ. ދީނުގެ ނަމުގައި އެކި ކަންކަމަށް މީހުން ޓްރޭންކޮށް އެމީހުން ބޭނުންވާ މަޤްސަދުހަސިލް ކުރަމުންގެންދާކަމީ، ޖަލު ބަލަހައްޓާ ފަރާތުގެ ހައިޞިއްޔަތުން އެކަން ހުއްޓުވުމަށް އެމްސީއެސްއިން ހުށިޔާރު ވާންޖެހޭނެކަމަކަށެވެ. ސީޕީ ވިދާޅުވީ މިކަން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް، ޓްރޭނިންގް އިން ލިބުނު ތަމްރީނާއި އިލްމުގެ ބޭނުން މަސައްކަތު މާޙައުލުގައި މުހިންމުކަމަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: