ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހު ކައިވެނިކޮށްދޭނެ ގަޑިތައް ކަނޑައަޅައިފި

ފެމިލީ ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހުގެ ތެރޭގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ވަގުތުތައް ކަނޑައަޅައި އިއުލާންކޮށްފި އެވެ.

ފެމިލީ ކޯޓުން ބުނީ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ކައިވެނިކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ރޯދަ މަހަށް ކަނޑައަޅާފައިވާ ގަޑިތަކާ އެއްގޮތަށް ކަމަށެވެ.

ފެމިލީ ކޯޓުން ރޯދަ މަހު ކައިވެނިކޮށްދިނުމަށް ހަމަޖައްސާފައިވަނީ ރަސްމީ ގަޑިނަމަ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ. ނުރަސްމީ ގަޑީގައިނަމަ ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:30 އިން 11:00 އަށެވެ.

ފެމިލީ ކޯޓުން މިހާރު ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނިކޮށްދެނީ ހެނދުނު 9:00 އިން 11:30 އަށް އަދި މެންދުރުފަހު 1:00 އާއި 1:30 އަށެވެ. ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި މިހާރު ކައިވެނިކޮށްދެނީ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: