އައްޑޫގެ ލިންކް ރޯޑްގައިވާ ރުއްތަކާއި ގަސްތަށް ނަގައިފައިވަނީ އާންމުންގެ ރައްކާތެރިކަމަށްޓަކައި ކަމުގައި ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ލިންކް ރޯޑުގެ ދެލޭންގެ ދެމެދުގައި ހުރި ރުއްތަކާއި ގަސްތައް ނަގާފައި ވަނީ ސިޓީ ކައުސިލުންނެވެ. މިކަމާއި ގުޅިގެން އެސިޓީގެ ރައްޔިތުން އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
ނަމަވެސް ސިޓީ ކައުންސިލުން ބުނެފައިވަނީ ރުއްތަށް ނެގުމަށް ނިންމީ މޫސުމީ ބަދަލުތަކާއި ގުޅިގެން ދިމާވާ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން އާއްމުންގެ ފަރާތުން ލިބޭ ޝަކުވާތަކަށް ހައްލެ ހޯދައިދިނުމުގެ ގޮތުން ކަމުގައެވެ.
މި ސަރަހައްދުން 70 އަށް ވުރެ ގިނަ އަހަރުވީ 50 ވަރަކަށް ރުއް ވަނީ ނަގާފައެވެ. ގިނަ ބަޔަކު މިކަން ސިފަ ކުރަމުން އަންނަނީ އެހިސާބު ”ސުންނާފަތި“ ކޮށްލީ ކަމުގައެވެ.
އީޕީއޭއިން މި މައްސަލައިގައި ”ސަންގު“ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ރުއްތަކަށް ދުވަސް ވެ ބަލިކަށިވެފައި ވާތީ ގަސްތައް ނެގުމާއި ގުޅޭގޮތުން ކައުންސިލުން މައުލޫމާތު ހިއްސާ ކުރި ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ދެކެވުނީ ލިޔެކިއުންތައް މެދުވެރިކޮށް ނޫންކަމަށް އީޕީއޭއިން ބުންޏެވެ.
Photos from earlier today pic.twitter.com/d4UtDtBCKD
— Coach Shujau ???????? (@coachshujau) March 10, 2022
ރުއްތަށް ކަނޑާލި މައްސަލައިގައި ސިޓީ ކައުންސިލަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވާއިރު، މި ގަސްތަކަކީ ވަރަށް ގިނަ ޒަމާންވީ ގަސްތަަކެކެވެ.

