ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް ތައާރަފްކޮށްފި

ހަަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް ތައާރަފްކޮށްފިއެވެ.

ޖުމްލަ 15 ޖާގައިގެ މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހެވެ.

މި ސްކޮލަރޝިޕް ތަކަކީ މާސްޓަރސް އަދި ޑޮކްޓަރޭޓް ޑިގްރީގެ ފެންވަރުގެ ސްކޮލަރޝިޕް ތަކެކެވެ. އެގޮތުން  މި ސްކޮލަރޝިޕް ޕްރޮގްރާމްގައި މާސްޓަރސް ޑިގްރީ އަށް ދިހަ ޖާގަ ހިމެނޭއިރު ޑޮކްޓަރޭޓް ޑިގްރީއަށް ކަނޑައަޅާފައިވަނީ ފަސްޖާގައެވެ.

މިސްކޮލަރޝިޕްގައި ކިޔެވުމަށް ހަމަޖެހިފައިވާ ޔުނިވަރސިޓީތައް ހިމެނޭ ގައުމުތަކުގެ ތެރޭގައި ނޭޕާލް، ސްރީލަންކާ، އަފްގާނިސްތާން، ޗައިނާ، ފިލިޕީންސް، މޮރިޝަސް، މިސްރު، ސައުތު އެފްރިކާ، އަލްޖީރިއާ، އަޒަރްބައިޖާން، މެލޭޝިޔާ، ކިރިގިސްތާން، މޯލްޓާ، ޗެކް ރިޕަބްލިކް އާއި ފިޖީ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މި ސްކޮލަރޝިޕްގެ މުއްދަތުގައި ހިނގާ ހުރިހާ ހަރަދެއް ސަރުކާރުން ދޭ ގޮތަށް އެކުލަވާލާފައިވާ މިސްކޮލަރޝިޕްގެ މައިގަނޑު މަގްސަދަކީ ރީޖަނަލް ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ޝްޕެޝަލައިޒްޑް ޑޮކްޓަރުން އުފައްދައި ތަމްރީނުކުރުން ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހީމް ހަސަން ވިދާޅުވެފައިވެއެވެ. މިނިސްޓަރުގެ ވާހަކައިގައި ލާމަރުކަޒީ ނިޒާމްގެ ފައިދާ އަތޮޅުތެރެއަށް ލިބިގެންދާނީ ތައުލީމީ އަދި ފަންނީ ގާބިލް މީހުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ޚިދުމަތްކޮށްގެން ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނު ކުރުމުގެ ދާއިރާ ތަކުގެ ތެރޭގައި ގައިނަކޮލޮޖީ، އެނަސްތީސިއޮލޮޖީ، އިންޓާނަލް މެޑިސިން، އޮރތޯޕީޑިކްސް އެންޑް ޓްރޯމާ، ޑައިބެޓިކްސް، ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، އޮފްތަމޮލޮޖީ، ޑާމެޓޮލޮޖީ އާއި ނެފްރޮލޮޖީ ހިމެނެއެވެ.

ޝްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކުރުމަށް ނިންމާފައިވަނީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ކަން ފާހަގަކޮށްލެވޭއިރު މީގެ ތެރޭގައި އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހިމެނޭކަމަށް އެމިނިސްޓްރީގެ އިއުލާނުގައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: