ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުގެ އަގު ބޮޑިވި ނަމަވެސް، ސްޓެލްކޯގެ ކަރަންޓުގެ އަގު ބޮޑެއް ނުކުރާނެ: ޝަރީފު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާރ އަހްމަދު ޝަރީފު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔަ ނަމަވެސް ސްޓެލްކޯއިން ދޭ ކަރަންޓުގެ ހިދުމަތަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، ކުރިއެކޭވެސް އެއް އަގުތަކެއްގައި ކުންފުނިން ހިދުމަތް ފޯރުކޮށްދޭނެ ކަމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓާރ އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ މަޝްރަހަށް މި އަންނަމުންދާ ބަދަލު ތަކުގެ ސަބަބުން، ތެލުގެ އަގު ބޮޑު ކުރުމުގެ ސަބަބުން، އެ ދާއިރާ އާއި ގުޅުން ހުރި ހިދުމަތްތަކުގެ އަގުތަކަށް ބަދަލު އަންނަމުންދާ މި ދަނޑިވަޅުގައި ޝަރީފް ވަނީ ބައެއް އާއްމުން އުފަދާ ސުވާލަށް ޖަވާބު ދެއްވާފަ އެވެ. ތަކެތީގެ އަގު ބޮޑުވުމާއި އެކު، ކުރިޔަށް އޮތީ ރޯދަ މަސްކަމުން ކަރަންޓުގެ އަގަށް އެއްވެސް ބަދަލެއް އަންނާނެތޯ ކުރަމުންދާ ސުވާލަށް ޝަރީފް ވިދާޅުވީ އެއް ހަމައެއްގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައި ދީފައިވާ ކަމަށެވެ.

 

ހޫނު މޫސުން އަދި ރޯދަ މަހާއި ގުޅިގެން ކަރަންޓު އަގު ބޮޑުވުން މިއީ ރައްޔިތުން އަބަދުވެސް ފާޅުކުރަމުން އަންނަ ކަންބޮޑުވުމެކެވެ. މިގޮތުން ”ސަނގު“ ޓީވީގެ ފުރަމެންދުރު ޕްރޮގްރާމެއްގައި ސްޓެލްކޯގެ ފަރާތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ހޫނު މޫސުމާއި ގުޅިގެން ކަރަންޓުގެ އަގު އާއްމުކޮށް މަތިވާކަމަށެވ. އަދި ކޮންމެ މަހެއްގެ ވެސް ބިލިން ޕީރިއަޑް ތަފާތުވާނެކަން ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތުން ރޯދަ މަހުގެ ބިލު ދާނީ ނިމިދިޔަ މަހުގެ ބަޔަކާއި ރޯދަމަހުގެ އެއްބަޔަށް ކަމުގައި ސްޓެލްކޯއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: