ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަމްރީނުގައި ސިފައިންގެ އޮފިސަރަކު ނިޔާވެ، ދެ މީހެއްގެ ހާލު ގޯސްވުން: މައްސަލަ ކޮމިޓީއަކުން ބަލަނީ!

ސިފައިންގެ ތަމްރީނެއްގެ ތެރެއިން/ ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފް ޓްރެއިނިންގ ހަދަމުން ދިޔަ ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން އެ އިދާރާގެ ފަރާތުން މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލާދައިވާ މަސައްކަތްފަށާފައިވާ ކަމުގައި އެއިދާރާއިން ހާމަކޮށްފިއެވެ.

ޓްރޭނިންގ ހަދަމުން ދަނިކޮށް ނިޔާވެފައިވަނީ 19 އަހަރުގެ ގދ. ގައްދޫއަށް އުފަން ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލެވެ. އޭނާ ނިޔާވެފައިވަނީ ޅ. މަޑިވަރުގައި ކުރިއަށްދިޔަ ތަމްރީނުތަކެއް ހަދަމުން ދަނިކޮށް ނޭވާލާން އުނދަގޫވެ، އިތުރު ފަރުވާ ދިނުމަށް އެއަތޮޅު ނައިފަރު ހޮސްޕިޓަަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމުގައި އެމްއެންޑީއެފުން ހާމަކުރެ އެވެ.

އެމްއެންޑީއެފް ޓްރެއިނިންގ ހަދަމުން ދިޔަ ކުއްޖަކު ނިޔާވުމާއި ގުޅިގެން ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފުން ބުނީ އަސްކަރީ ތަމްރީނުތަކަކީ އޭގެ ޒާތުގައި ބުރަ އަދި ރިސްކު ހިމެނޭ ތަމްރީނުތަކެއް ކަމުގައެވެ. އަދި އެތަމްރީނުތަކަށް ނެގޭ ސިފައިންނަކީ ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު ޓްރެއިނިންގ ތަކުގައި ބައިވެރިވާ ކުދިންކަމަށް އެއިދާރާއިން މައުލޫމާތު ދެއްވާފައިވެ އެވެ.

މިހާތަނަށް ޓްރެއިނިން ހަދަމުންދިޔަ ތިން ކުއްޖެއްގެ މެޑިކަލް މައްސަލަތަކެއް ދިމާވެ، އޭގެތެރެއިން އެއް ކުއްޖަކު ނިޔާވެ، ދެވަނަ ކުއްޖަކަށް އައިސީޔޫގައި ފަރުވާކުރަންޖެހި، ތިންވަނަ ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުމަކީ އެމްއެންޑީއެފުން އެކަމާ ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައި އެވުޒާރާއިންބުނެފައިވެއެވެ. މީގެ އިތުރުން ޓްރޭނިންގައި ކުއްޖާ ނިޔާވި މައްސަލައިގައި ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކާ އެކި ދާއިރާތަކުގެ އެކްސްޕާޓުން ހިމެނޭ ގޮތަށް ކޮމިޓީއެއް ވަނީ އެކުލަވާލެވި މަސައްކަތް ފެެށިފައިކަމުގައި އެމްއެންޑީއެފުން ބުނެފައިވެއެވެ. އެހެންކަމުން އެކަމާއި ގުޅޭ ގޮތުން އިތުރަށް އެއްޗެއް ދަންނަވަން އެނގޭނީ އެކޮމިޓީގެ މަސައްކަތް ނިމުމުން ކަމުގައި އެމްއެންޑީއެފުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: