ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަންތަކަށް އައްޔަނު ކުރާ އިންޓަވިއު ލައިވް ކުރުން، ފަހުން އަންނަ މީހަކަށް އިންސާފުވެރި އެއް ނޫން: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް / ފޮޓޯ : ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީތަކުން ކުރާ އިންޓަވިއުގެ މަރުހަލާތައް އަދިވެސް ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމުގައި އެކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެެވެ.

މިނިވަން މުވައްސަސާތަކަށް މެމްބަރުން އައްޔަނު ކުރާއިރު، ކޮންމެ މެމްބަރަކާއި ވެސް ވަކި ބައްދަލުކޮށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ހާއްސަ އިންޓަވިއުއެއް ކުރިޔަށް ގެންދެ އެވެ. މިފަދަ މުވައްސަސާތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަން، އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ފަދަ އިދާރާތްތައް އަދި ޕްރޮސެކިއުޓާރ ޖެނެރަލްގެ މަގާމު ވެސް ހިމެނެ އެވެ.

ކޮންމެ މެމްބަރަކަށް ވެސް ވަކި ގަޑިތަކެއް ދީގެން މި އިންޓަވިއުތައް ކުރާއިރު ނޫސްވެރިންނަށް އެ ބައްދަލުވުން ކުރިޔަށް ގެންދާ ތަނަށް ވަނުމުގެ ފުރުސަތާއި، ޓީވީ ސްޓޭޝަންތަކަށް އެ ލައިވް ކުރުމުގެ ފުރުސަތު އޮވެ އެވެ. އަދި މަޖިލީހުގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތަކާއި، ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް އެ ސިއްރު ނުކުރާ ހިނދެއްގައި ލައިވް ކުރާނެ އެވެ.

އިންޓަވިއުގައި ކުރާ ސުވާލާއި، އަދި އަނެއް ބޭފުޅަކު ދައްކާ ވާހަކަ ދެން އަންނަން އޮތް ފަރާތަކަށް އެނގުމަކީ އިންސާފެއް ނޫންކަން ފާހަގަކޮށް މީގެ ކުރިން ވެސް ބަހުސްތައް ކުރެވުނެވެ.

އޭސީސީއަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވި ނަންތައް ދިރާސާކޮށް، ކޮމިޓީގެ ރިޕޯޓު ހުށަހަޅުއްވައިދެއްވަމުން ރޮޒެއިނާ ވިދާޅުވީ އެ ކޮމިޓީގައި އިންޓަވިއު ލައިވް ކުރަމުން ދާއިރު ފުރަތަމަ އިންޓަވިއު ކުރާ ފަރާތްތަކާއި ބާކީ ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކަ ފަހުން އަންނަ ބޭފުޅުންނަށް ސުވާލާއި ޖަވާބާއިއެކު އެނގުމަކީ ކުރިން އިންޓަރވިއު ކުރާ ބޭފުޅަކަށް ލިބޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައެވެ.

މީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އާންމު ކޮމިޓީއަށް ފޮނުވިފައިވާ ކަމަށާއި އާންމު ކޮމިޓީއިން މައްސަލަ ތާވަލު ކޮށްފައި ނުވާކަމަށެވެ. އެހެން ކަމުން އިންޓަވިއުގެ މަރުހަލާ ކުރިއަށް ދަނީ އެންމެ އިންސާފުން ނޫން ކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: