ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ މަންދޫބާއި ބައްދަލުކޮށް ފަހުގެ މައުލޫމާތު އޭޖީ ހިއްސާކުރައްވައިފި

ރައީސްގެ ހާއްސަ މަންދޫބު އައްބާސް ފާއިޒާއި އެޓަރނީ ޖެނެރަލް އިިބްރާހިމް ރިއްފަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރު ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން ކުރިއަށްގެންދާ ތަހުގީގު ގާތުން ބެއްލެވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި ހާއްްސަ މަންދޫބު އައްބާސް ފާއިޒު، ބަންޑާރަނައިބު އިބްރާހިމް ރިއްފަތާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ރިފްއަތު ވަނީ ރައީސް ނަޝީދަށް ހަމަލާދިނުމާއި ގުޅިގެން ރައީސްގެ އެންގެވުމަށް އެކުލަވާލެފުނު އިންޓަލިޖެންސް އޮޑިޓް ރިޕޯޓްގައިވާ ހުށައެޅުންތައް ތަންފީޒުކުރަމުންގެންދާ ގޮތުގެ މައުލޫމާތު އަައްބާސް އާ ހިއްސާ ކުރައްވާފައެވެ.

ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން އައްބާސް ރާއްޖެ ގެންދަވަނީ ރައީސް ނަޝީދަށް ދެވުނު ނިރުބަވެރި ހަމަލާއާއި ގުޅޭ މައުލޫމާތު ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ހޯއްދަވަމުންނެވެ. އަދި ހަމަ އެއާއެކު އެމައުލޫމާތުތަށް އައްބާސް ގެންދަވަނީ ރައީސް ސޯލިހުއާ ހިއްސާކުރައްވަމުން ކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: