ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލުގެ ޕްރިޒަންސް އޮފިސަރުންނަށް ޕްރޮގްރާމެއް ހިންގައިފި

މާފުށީ ޖަލުގެ ޕްރިޒަން އޮފިސަރުންނަށް ހިންގުނު ރިފްރެޝަރ ވޯކްޝޮޕް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޔޫއެންއޯޑީސީއާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދު ޓްރީޓްމަންޓް އޮފް ޕްރިޒަންސް (ދިނެލްސަން މަންޑޭލާ ރޫލްސް) އާ ގުޅޭ ގޮތުން ޕްރިޒަންސް އޮފިސަރުންނަށް ހިންގި ޓްރޭނިންގް ޕްރޮގްރާމްގެ ރިފްރެޝަރ ޕްރޮގްރާމެއް  ބާއްވައިފިއެވެ.

ރިފްރެޝަރ ޕްރޮގްރާމްގެ މި ބެޗްގައި މާފުށީ ޖަލުގެ 20 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ. މިއީ މިގޮތުން ހިންގޭ ދެވަނަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ “ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދި ނެޝަނަލް މަންޑޭލާ ރޫލްސް) ނުވަތަ ޖަލުތުގައި ބޭނުންކުރާ އެންމެ ދަށް މިންގަނޑު، މޯލްޑިވްސް ކަރެކްޝަނަނލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ ޖަލު އޮފިސަރުން އަހުލުވެރިކުރުވައި، ޖަލު އޮފިސަރުންގެ މަސައްކަތްތައް ތަރައްގީކޮށް ސްޓްރީމްލައިން ކުރުމެވެ.

މިގޮތުން ހުރިހާ ޕްރިޒަން އޮފިސަރުންނަކީ ދި ނެލްސަން މަންޑޭލާ ރޫލްސް އަށް އަހުލުވެރި ކުރެވިފައިވާ އޮފިސަރުންނަށް ހެދުމުގެ ގޮތުން 2020 ވަނަ އަހަރު ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ހިންގި “ދި ނެލްޝަލް މަންޑޭލާ ރޫލްސް” ގެ ޓްރޭނިންގ އޮފް ޓްރޭނަރސް ޕްރޮގްރާމްއިން ތަމްރީންކުރެވިފައިވާ 14 އޮފިސަރުން ޓްރޭނާރސްގެ ގޮތުގައި ތަމްރީން ކުރެވިފައިވެއެވެ.

ރިފްރެޝަރ ޕްރޮގްރާމްގެ 03 ވަނަ ބުރެއް މިއަހަރުގެ އޭޕްރިލް މަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: