ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުުންގެ މަޖިލިސް މެމްބަރުންނަށާއި ކުރީގެ މަޖިލިސް މެމްބަރުކަން ކޮށްފައިތިބި މީހުންގެ އާއިލާތަކަށް ހެލްތު އިންޝިއުރެންސް ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް އެދި ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިން ކަމަށެވެ.

އެގޮތުން ބީލަމުގައި ބައިވެރިވުމަށް  500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. ފައިސާ ބަލައިގަންނާނީ  20 މާޗް ވާ އާދިއްތަ ދުވަހުން ފެށިގެން މި މަހު 29 ގެ ނިޔަލަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000ރ. ވެސް ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. ބީލަން ހުޅުވުން އޮންނާނީ މި މަހު 31 ގަ އެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު، މިހަފްތާގައި މަޖަލިސް ޖަލްސާގައި ވަނީ އެ މަޖިލީހުގައި ކުރިން މެމްބަރުކަން ކުރެއްވި ބޭފުޅުންނަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ފަދަ އިންޝުއަރެންސް ސްކީމެއް އެ ބޭފުޅުން ޕްރިމިއަމް ދައްކަވައިގެން ނަމަވެސް އަނބިން/ފިރިން އަދި 18 ނުފުރޭ ދަރިންނަށް ހަމަޖައްސައިދޭން އެދިފައެވެ. ނަމަވެސް އެ ހުށަހެޅުން ވަނީ މަޖިލީހުން ފާސްކޮށްނުދީ ބޭރުކޮށްލައިފައިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެ މައްސަލައިގައި ބައެއް މެމްބަރުުން ވިދާޅުވީ ރާއްޖެ ވަނީ ދަރަނިން ސަލާމަތް ނުވެ ކަމަށާއި މިވަގުތު އިސްކުރަންވީ ހަރަދު ކުޑަކުރުން ކަމަށެވެ. ދައުލަތުގެ ބަޖެޓްގެ ހަރަދު ކުޑަކޮށް އިގްތިސާދު ރަނގަޅުވުމާއެކު މެމްބަރުންނަށް ވީއައިޕީ ސާވިސް އާއި ކާރާއި ދެންވެސް އެދޭ ހުރިހާ ކަމެއް ކޮށްދޭންވީ ކަމުގައި ވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: