ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫ ރާއްޖޭގެ އޯޝަން ޔޫސް ސާރވޭ: 1900 ރެސްޕޯންސް ލިބިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ފެށުނީއްސުރެވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ނޫ ރާއްޖޭގެ “އުއްމީދީ އޯޝަން ޔޫސް ސާރވޭގެ” މަސައްކަތުގެ ދެބައި ކުޅަ އެއްބަޔާއި ހިސާބަށް އާދެވުނު އިރު 16 އަތޮޅަކުން 7500 މީހުން ރަމްޒުކޮށްދޭ 1900 ރެސްޕޯންސް ލިބިފާވާކަމަށް ނޫ ރާއްޖެއިން ހާމަކޮށްފިއެވެ.

ނޫ ރައްޖެއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް އިތުރުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ހިމެނޭ ގޮތަށް ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހިންގަމުން މިދާ ސާރވޭއިން މަސްވެރިންނާއި، އަމިއްލަ ފަރުދުންނާއި، ފަތުރުވެރިކަމުގެ ދާއިރާ އަދިވެސް އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ދިވެހިރާއްޖޭގެ ކަނޑުފަޅުތައް ބޭނުން ކުރާ ގޮތް ދެނެގަނެވިގެންދާނެއެވެ.

ސާރވޭ ކުރުމަށް ކަނޑައެޅިފައިވަނީ 16 ދާއިރާއަކުންނެވެ. މި ސާރވޭ ވެގެންދާނީ މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތަށް އިތުރު އެހީއަކަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައިވެސް ސާރވޭގެ ނަތީޖާގެ ބޭނުން ކުރެވޭނެ ކަމަށް ނޫ ރާއްޖެއިން ވަނީ ފާހަގަ ކޮށްފައެވެ.

އެކިއެކި ސެޓޭކްހޯލްޑަރުން ކަނޑުފަޅުގެ ބޭނުންކުރާގޮތް ދެނެގަތުމަށް ނޫ ރާއްޖޭގެ ސަރވޭ ފެސިލިޓޭޓަރުން މިހާރުވެސް ދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރަމުން ކަމުގައި ފާހަގަ ކޮށްލެވެއެވެ.

ސާރވޭގައި ފެސިލިޓޭޓަރެއްގެ ޒަރިއްޔާގެ އިތުރުން އަމިއްލައަށްވެސް ސާރވޭ ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: