ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ ރައީސަކަށް ޝާމިލް އަދި ނައިބަކަށް އަބްދުއްސަލާމް

އޭސީސީއަށް އާރައީސަކު ކަނޑައެޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

އޭސީސީގެ ރައީސް ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އޭސީސީގެ ރައީސްގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝާމިލް އަދި ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމަށް އަލްއުސްތާޛު ޢަބްދުއް ސަލާމް ޢައްޔަންކުރައްވާފައި މިވަނީ، ކޮމިޝަނުގެ ރައީސް އަދި ނާއިބުރައީސްގެ މަޤާމަށް މީހަކު ޢައްޔަނުކުރުމަށްޓަކައި މިއަދު އެކޮމިޝަންގައި ބޭއްވުނު ޖަލްސާގައި، މެމްބަރުންގެ އިއްތިފާގުންނެވެ.

އެންޓި ކޮރަޕްޝަންގެ މަގާމަށް މެމްބަރުން އައްޔަންކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހައި ބޭއްވުނު ރަސްމިއްޔާތެެއްގައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

މި ބޭފުޅުންގެ ތެރެއިން އަލްއުސްތާޛު އާދަމް ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އަލްއުސްތާޛު އާދަމް ޝާމިލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯސް ހާސިލު ކުރައްވާފައެވެ.

އަލްއުސްތާޛު ޢަބްދުއްސަލާމް އެންމެފަހުން ހުންނެވީ ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމުގައެވެ. އަލްއުސްތާޛު ޢަބްދުއްސަލާމް ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.

އޭސީސީގެ މެމްބަރުންގެ މަގާމް ހުސްވެފައިވަނީ އެކޮމިޝަންގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކޮމިޝަންގެ މެމްބަރުން މަޖިލީހަށް ހާޒިރުކުރުމާއި ގުޅިގެން އެވަގުތު ކޮމިޝަނުގައި ތިއްބެވި މެމްބަރުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.

މަޖިލީހުގެ ތެރެއިން އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމުން، އެ ކޮމިޝަންގައި ތިއްބެވި ތިން މެމްބަރަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވީ އެވެ. އަމިއްލަ ސަބަބުތަކަކާ ހެދި އޭގެ ކުރިން އިތުރު ދެ މެމްބަރަކު ވަކިވެވަޑައިގެންފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: