ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން ގެއްލުނު ފައިސާ ނުހޯދި، އިންސާފު ގާއިމްނުކުރެވުމުން އެސެޓް ރިކަވަރީ ކޮމިޝަން އުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ގެއްލުނު ފައިސާ ނުހޯދި، އިންސާފުގާއިމްނުކުރެވުމުން،  ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލައްވައިފިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލިކަން ހާމަކޮށް ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައިވާ ގޮތުން ކޮމިޝަން އުވާލާފައިވަނީ، ކޮމިޝަންގެ ފަރާތުން ބެލުމަށް ހަމަޖެހުނު ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ގިނަ މައްސަލަތައް ދިމާވި އެކިއެކި ސަބަބުތަކާހެދި ކުރިއަށް ނުގެންދެވުމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމްކުރެވިފައި ނުވާތީއެވެ.

އެ ކޮމިޝަން އެކުލަވާލައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންކަންވެސް ފާހަގަކޮށްލެވެއެވެ.

5 މެންބަރުން ހިމެނޭހެން އެކުލަވާލެއްވި މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާގޮތަށް އުފެއްދެވި ކޮމިޝަނެކެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުންގެ މުސާރަ އަށް ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެ ކޮމިޝަނަށް ކުރި އެހެން ހޭދަތަކާ އެކު 10 ވަރަކަށް މިލިއަނަށް ވުރެ އިތުރަށް ހަރަދު ވެފައިވާނެ ކަމަށް ލަފާކުރެވެއެވެ،

އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ހާއްސަ އިސްކަމެއްދީގެން ކުރި މަސައްކަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރުމެވެ. އެގޮތުން އެ މައްސަލަ ތަހުގީގުކުރުމަށްފަހު، އެ ކޮމިޝަނުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރާ 281 މީހުން ހިމެނޭ ލިސްޓެއް އާއްމުކޮށްފައެވެ. އެ ލިސްޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ 13 ވަޒީރަކުވެސް ހިމެނޭހެން މަޖިލީހުގެ އޭރުގެ އަދި މިހާރުގެވެސް ބައެއް މެންބަރުން ހިމެނެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްވެސް އެ ލިސްޓުގައި ހިމެނެއެވެ

އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: