ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރެންދޫއިން 250 މީހަކު ޕީޕީއެމްއާ ގުޅިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. ކުރެންދޫ އިން 250 މީހަކު ޕީޕީއެމްއަށް ސޮއިކޮށްފި އެވެ.

ޕީޕީއެމްއާ ގުޅުނު ކުރެންދޫ މީހުންގެ ފޯމްތަކާ ހަވާލުވެވަޑައިގަތީ އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިއަދު ކުރެންދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގަ އެވެ.

އެމަނިކުފާނު މިއަދު އެރަށަށް ވަޑައިގެންނެވުމުން، ރަށުގެ ބަނދަރު ސަރަހައްދުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ.

އެމަނިކުފާނު ކުރެންދޫއަށް ވަޑައިގަންނަވާފައި މިވަނީ އެރަށު ކައުންސިލަށް ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅިގެންނެވެ. މި އިންތިޚާބު އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

މި ބައި-އިލެކްޝަނަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވާދަކުރަނީ ޅ. ކުރެންދޫ، ރީހުއްސަބާ، އަލީ ނަސީމެވެ. އެމްޑީޕީން ކެނޑިޑޭޓް ނެރެފައި ވަނީ އެތެރޭގެ އިންތިޚާބަކުންނެވެ. އެ އިންތިޚާބަށް ހުޅުވައިލުމުން ކުރިމަތިލީ ވެސް ނަސީމް އެކަންޏެވެ.

މީގެ އިތުރަށް ޕީޕީއެމުން މި ދާއިރާއަށް ވާދަކުރަނީ ކުރިން ވެސް ކުރެންދޫ ކައުންސިލްގެ ރައީސްކަން ކުރެއްވި އިސްމާއީލް މަދީހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: