ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑް ގަވަންމަންޓް ސަމިޓްގައި ބައިވެރިވުމަށް ނައިބް ރައީސް ޔޫއޭއީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބް ރައީސް ފައިސަލް ނަސީމް، ވޯލްޑް ގަވަރުންމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންފި އެވެ.

ޔޫއޭއީގެ ދުބާއީ އަށް ނައިބް ރައީސް ކުރައްވާ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.

މި ސަމިޓްގައި އެކި ގައުމުތަކުގެ ލީޑަރުންނާއި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ބޭފުޅުންނާއި، ކަންކަމުގައި ގޮތްނިންމާ ފަންތީގެ ބޭފުޅުން މި ސަމިޓްގައި ބައިވެރިވެވަޑައިގެން ހިޔާލުބަދަލުކުރައްވައި، ތަރައްގީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރެއްވުމަށް މަގުފަހި ކުރައްވާނެއެވެ.

‎ރައީސް އޮފީހުން ބުނީ ނައިބް ރައީސްގެ މިދަތުރުފުޅުގައި ޔޫއޭއީގެ ބައެއް އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ.

‎މިއަހަރުގެ ވޯލްޑް ގަވަރުންމަންޓް ސަމިޓްގެ ޝިއާރަކީ ޕެންޑެމިކަށްފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެ ގޮތް ވަޒަންކޮށް ޕެންޑަމިކްގެ ފަހުގެ ޒަމާނެއްގެ މުސްތަގުބަލް ތަސައްވުރުކުރާނެ އެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: