ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަހުލާ ބުނީ ޕާޓީން އެޅި ފިޔަވަޅު އުވާލީ ރައީސް ޔާމީންގެ އެންގެވުމަށްކަމަށް!

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި ނަހުލާ ވާހަކަ ދައްކަވަނީ./ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް ފެންމަތިވި ސުލޫކީ މައްސަލައިގައި އެ ޕާޓީން އެޅި ފިޔަވަޅުތައް އުވާލާފިއެވެ.

ނަހުލާއަށް ފިޔަވަޅު އަޅާފައިވަނީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށައެޅުނު މައްސަލައަކާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެވެ. ސުލޫކީ ކޮމިޓީން ވަނީ ހަ މަސް ދުވަހަށް ޕީޕީއެމްގެ ޕޯޑިއަމްތަކުން ނަހުލާއަށް ޖާގަ ނުދިނުމަށާއި ކުރިއަށް އޮތް ތިން އަހަރު ދުވަހު ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް ނަހުލާގެ މައްޗަށް ފިޔަވަޅު އަޅާފައެވެ. އަދި ޕީޕީއެމްގެ ކަންތައްތަކުގައި އެއްބާރުލުން ދިނުމަށް ސުލޫކީ ކޮމިޓީން އޭނާއަށް ނަސޭހަތްތެރިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ނަހުލާއަށް ފިޔަވަޅު އަޅާފައިވަނީ ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި އިންތިޚާބުގައި ޕާޓީގެ ސްޓޭންޑާ އޭނާ ހިލާފުވުމުންކަމުގައި އަޑުތައް ފެތުރުނެވެ. އަދި އޭގެ ފަހުން ސިޓީ ކައުންސިލްގެ ޓީމެއް ވިލިމާލެއަށް ދިއުމުން މުޒާހަރާ ކުރުމަށް ނަހުލާ ބަޔަކު ނެރުނުކަމުގައި ވެސް ތުހުމަތު ކުރެވިފައިވެއެވެ.

އެ މައްސަލަައިގައި ނަހުލާ ވިދާޅުވީ އިދިކޮޅުގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންގެވުމުގެ މަތީން ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވެފައިވަނީ ޕީޕީއެމް އަކީ ރައީސް ޔާމީންކަމަށާއި އޭނާ ގަބޫލުކުރާ ގޮތުގައި ސިޔާސީ ހަގީގީ ލީޑަރަކީ ރައީސް ޔާމީންކަމަށެވެ. އަދި ރައީސް ޔާމީންގެ ފަހަތުގައި އަބަދުވެސް ސާބިތުވެ ހުންނާނަންކަމުގައި އޭނާ ވަނީ ޔަގީންކަން އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: