ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރި ފުޅާކުރުމަށް ޕްރައިވެޓް ސެކްޓަރ ފުޅާކުރަން ޖެހޭ: ސައުދް

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ވިޔަފާރި ފުޅާކުރުމަށް ޕްރައިވެޓް ސެކްޓަރ ފުޅާ ކުރަން ޖެހޭ ކަމުގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކުންފުނިތަކާއި ބެހޭ ބިލަށް ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރި ފުޅާ ކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތައް މަދުކޮށް އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް ފުރުސަތުދޭން ޖެހޭކަމުގައެވެ.

ދިވެހި ދައުލަތް ޒަމާނުއްސުރެން ރަމްޒުވެފައި އޮންނަނީ ވިޔަފާރި ކުންފުންޏެއްގެ ސިފައިގައި ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ކޮންމެ ފަސް އަހަރަކުން އެތައް ބައިވަރު ސަރުކާރު ސަތޭކަ އިންސައްތަ ހިއްސާވާ ކުންފުނިތަކެއް އުފަންވަމުން އަންނަ ކަމަށެވެ.

ސައުދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓްލައިގެން އިންތިހާބު ކުރެވޭ ސަރުކާރު ވެގެން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ނުވަތަ ޗެއަރމަންއަށް ކަމުގައި ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ދިވެހި ރާއްޖޭގައި އިގްތިސާދު ފުޅާ ކުރެވޭނީ އަމިއްލަ ވިޔަފާރި ނުވަތަ ޕްރައިވެޓް ސެކްޓަރ ވަރުގަދަ ކޮށްގެން ކަމުގައެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބިދޭސީ ލޭބަރ ފޯސް އެއް އޮޕަރޭޓު ކުރެވެމުން ދާ ކަމުގައި ސައުދު ވިދާޅުވިއެވެ. ބިދޭސީންގެ ސަބަބުން ދިވެހި އުފެއްދުންތެރި ޒުވާން ޖީލުތައް ނެތިގެންދާ ކަމުގައި ސައުދު ވިދާޅުވިއެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ތަކެއް ކުރެވުނު ނަމަވެސް އެކަން ރައްޔިތުންނަށް ފެނިގެން ނުދާ ކަމުގައި ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުސާރަ އޮނިގަނޑު ހުރީ އެކި ގޮތަށް ކަމުގައެވެ. ސަރުކާރުން ކުންފުނިތައް ކަނޑައަޅައި ވިޔަފާރި ކުރާއިރު ސަރުކާރުގެ ތެރޭގައި މުސާރައިގެ އޮނިގަނޑެއް އެއްގޮތް ކުރެވިފައި އޮންނަން ވާނެ ކަމުގައި ސައުދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: