ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އަށް ހެލްތް ކޯޕަރޭޝަނާއި ހަތް ޔުޓިލިޓީސް އޮފީސް ގާއިމްކުރެވުނު: އީސަ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމުގައި އަށް ހެލްތު ކޯޕަރޭޝަނާއި ހަތް ޔުޓިލިޓީސް ކުންފުނި އުފެއްދި ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުންފުނިތަކާއި ބެހޭ ބިލަށް ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ ސަރުކާރުން ކުންފުނި ހަދަން ފަށާފައިވަނީ ރައީސް މައުމޫން އިރުއްސުރެން އަސާސީ އެކިއެކި ހިދުމަތްތައް ސަބްސިޑައިޒްކޮށްގެން ދިނުމަށް ކުންފުނިތައް ދިޔައީ ހަދަމުން ކަމަުގައެވެ. އެގޮތުން ސަރުކާރުގެ މަޝްރޫއު ތައް ހިންގާ ހިދުމަތް ފޯރުކޮށްދިނުމަށް މާލޭ ހެލްތް ކޯޕަރޭޝަނާއި އެކު އަށް ހެލްތް ކޯޕަރޭޝަނާއި ހަތް ޔުޓިލިޓީސް ކުންފުނި އުފެއްދި ކަމުގައި އީސަ ވިދާޅުވިއެވެ.

އެކި ނަންނަމުގައި އެމްޑީޕީ ސަރުކާރުގައި ވިއްސަކަށް ކުންފުނި ހެދި ކަމުގައި އީސަ ވިދާޅުވިއެވެ. އީސަ ވިދާޅުވީ އެއީ މަޖުބޫރީ ހާލަތުގައި އުފެއްދި ކުންފުނިތައް ކަމުގައެވެ.

އީސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގައި ހުރި ކުންފުނިތައް ގިނަވެގެން ކަންބޮޑުވެގެން ނޫޅުއްވާ ކަމަށެވެ.

އީސަ ވިދާޅުވީ ކުންފުނިތައް އިތުރުވާތީ ކަންބޮޑުވެލައްވާ ނަމަ ލާމަރުކަޒީ ގާނޫނުގައި  250 ކުންފުނި ހަދަން ލޯމަރާލައިގެން ތިބެ ފުރުސަތެއް ނުދޭނެ ކަމަށެވެ. އެކުންފުނިތަކަކީ ދައުލަތުގެ ކުންފުނިތަކެއް ކަމުގައި އީސަ ވިދާޅުވިއެވެ.

އޭގެތެރެއިން ކެނދިކުޅުދޫ ކައުންސިލުން ހަދާ ކުންފުނިން ދަރަނިވެރިވެއްޖެނަމަ އެދަރަނި ދައްކާނީ ދައުލަތުން ކަމުގައި އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ދައުލަތުން ދަރަންޏާއި ހަވާލުވާން ޖެހޭނީ ހަމަ އެކަނި އެގްރޯ ނެޓްގެ ދަރަންޏަށް ނޫން ކަމުގައެވެ.

އީސަ ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި މި ސަރުކާރު އައިފަހުން ހަތް ކުންފުނި ހަދައިފި ކަމަށާއި އެމްޑީޕީ އަކީ ސެންޓަރ ރައިޓް ޕާޓީ އެއްކަމަށާއި އެކަން ކުރަނީ ދިމާ އިދިކޮޅަށް ކަމުގައެވެ.

އީސަ ވިދާޅުވީ ސަރުކާރު ހިންގަމުން އަންނަނީ ހަތް ރިސޯޓު ހަދާފައިވާ މީހާގެ ދަރިއަށް ސަބްސިޑީ ދެމުން އަންނަ ސަރުކާރެއްކަމަށެވެ.

އީސަ ވިދާޅުވީ އެބޭފުޅާ ދަންނަ ސެންޓަރ ރައިޓަކީ ޑައިރެކްޓް ސަބްސިޑީ ދޭ ސިޔާސަތެއް ގެންގުޅޭ ޕާޓީތަކެއް ހިންގާ އުސޫލެއް ނޫން ކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ސެންޓަރައިޓް މޮޑިފައި ކޮށްލާނީ ކަމަށާއި ތިބީ ވެރިކަމުގެ ނިޒާމް ވެސް މޮޑިފައިކޮށްލައިގެން ކަމުގައެވެ.

އީސަ ވިދާޅުވީ އެމްޑީޕީ ވެރިކަން ކުރަނީ އަލަކަށް ނޫން ކަމަށާއި އެމްޑީޕީ އިން ވެރިކަމުގައި ތިބެގެން ކުންފުނި އުފައްދަނީ އަލަކަށް ނޫން ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: