ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްބީއައިގެ މައްޗަށް ޕްލެޓިނަމް ހޯލްޑިންގެ ފަރާތުން ދައުވާ ކޮށްފައިވާ މައްސަލަ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އަށް ހުށައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްބީއައިގެ މައްޗަށް ޕްލެޓިނަމް ހޯލްޑިންގެ ފަރާތުން ދައުވާ ކޮށްފައިވާ މައްސަލަ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި އިއްޔެ ކުރިއަށް ދިޔަ އެ މައްސަލަ ކޮމިޓީއަށް ހުށައަޅައިދެއްވަމުން

ސްޓޭޓް ބެންކް އޮފް އިންޑިއާގެ މައްޗަށް  ޕްލެޓިނަމް ހޯލްޑިންގެ ފަރާތުން ކޮށްފައިވާ ދައުވާ ސިވިލް ކޯޓުން ތަހުގީގު ކުރައްވަމުން ގެންދަވާއިރު އެ ކޯޓުގެ އިސް ފަނޑިޔާރެއްގެ ނުފޫޒު ނެތްކަން ކަށަވަރު ކޮށްދެއްވުމަށް އެސްބީ އައި އިން އެދިފައިވާ މައްސަލައިގައި ވާހަކަ ދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެފަދަ މައްސަލައިގެ ޝަކުވާ އައުމުން އެފަދަ މައްސަލައެއް ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި އޮންނަނީ ޖުޑީޝަރީ ކޮމިޓީ ކަމުގައެވެ. ވުމާއެކު އެމައްސަލަ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވުމަށް އަސްލަމް ހުށައެޅުއްވިއެވެ.

އެމައްސަލައަށް ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ހުސައިން އަފީފް ވިދާޅުވީ އެމައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް މައްސަލައާ މެދު އެއްވެސް ކަންބޮޑުވުމުއް ސްޓޭޓް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންވާނަމަ އެބޭފޫޅުން މައްސަލަ ހުށައަޅުންވަން ވާނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަމުގައެވެ. އަފީފް ވިދާޅުވީ ފަނޑިޔާރުންނާއި ބެހޭ ގޮތުން ވާހަކަ ދައްކަވާނީ ޖޭއެސްސީ ނުވަތަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމުގައެވެ. އަދި ފަނޑިޔާރުން މައްސަލައިގައި ނުފޫޒު ބޭނުން ކުރާނެތޯ ނުވަތަ ނޫންތޯ ވެސް މަޖިލީހަށް ކަނޑަނޭޅޭނެ ކަމުގައި އަފީފް ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: