ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީގައި “އިންޑިއާ އައުޓް” ސްޓޭމްޕް ހުރުމް، ޕީޕީއެމަށް ދަރުސް ދިނުމުގެ ހުއްދަ ނުދިން!

އިބްރާހިމް ޝުޖާއު: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ ދަރުސް ދިނުމުގެ ހުއްދައަށް އެދި އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގައި “އިންޑިއާ އައުޓް” ސްޓޭމްޕް ޖަހައިފައި އޮތުމުން ދީނީ ދަރުސް ދިނުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދާފައިވާކަމަށް އިދިކޮޅުން ބުނެފި އެވެ.

މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވ ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ސިޔާސީ ޕާޓިތަކުން ހުށަހަޅައިފި ނަމަ ދީނީ ދަރުހުގެ ހުއްދަ ދޭނެކަމަށް މިނިސްޓްރީން ހާމަކުރުމުން އެކަމަސް އެދި ސިޓީ ހުށަހެޅި ކަމަށެވެ. އިދިކޮޅުން ހުށަހެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ތަރައްގީ ކުރި ކިންގް ސަލްމާން މިސްކިތުގައި ދަރުސް ބޭއްވުމުގެ ހުއްދައަށެވެ.
ސިޓީ ހުށަހަޅައި އެކަމާއި މެދު ތަފްސީލު ހޯދުމަށް ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބުމުން މިއަދު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ގުޅައި ހުއްދަ ދިނުން ލަސްވާއި ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ސިޓީގައި މައްސަލަަތަކެއް ހުރިކަމަށް ވިދާޅުވިކަމުގައި ޝުޖާއު ވިދާޅުވި އެވެ.

ސިޓީ ލިޔެފައި ވަނީ އާއްމު އުސޫލުން ނޫންކަމަށް ބުނުމުން އޭގައި ވާ ގޯހަކީ ކޮބައިތޯ ތަކުރާރުކޮށް ކުރި ސުވާލަށް އެއްވެސް ޖަވާބެއް ނުލިބުނުކަމަށް ޝުޖާއު ވިދާޅުވި އެވެ. ތަކުރާރުކޮށް އަހާ ސުވާލުކުރުމުން ޖަވާބެއްގޮތުގައި ލިބިގެންދިއައީ މައްސަލައަކީ ސިޓީގައި އިން ވަކި ސްޓޭމްޕެއްކަމަށް މިނިސްޓަރ ދެންނެވި ކަމަށްށާއި ދެކެވުނީ އެސިޓީގައި ޖަހާފައިވާ “އިންޑިއާ އައުޓް” ސްޓޭމްޕްގެ ވާހަކަކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ރައްދު ދެއްވުމުގެ ގޮތުން އެހެން ޖަހާފައި އޮތުމުގެ ސަބަބުން މިނިސްޓަރއަށް ބުނެވޭނެ ބަހެއް ނޯންނާނެ ކަމަށް މިނިސްޓަރ އަރިހުގައި ދެންނެވިކަމަށް ޝުޖާއު ވިދާޅުވިއެވެ.

ކަމާބެހޭ ހުރިޙާ ވުޒާރާއަކަށް ފޮނުވަމުންދާ ސިޓީތަކުގައި މި ތަތްގަނޑު ޖެހިފައިވާނެކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ވެސް ވަކި އެއްޗެއް މައްސަލައިގައި ބުނެފައި ނުވާކަމަށެވެ.

ޝުޖާއު ވިދާޅުވީ މީގެ ދެދުވަސް ކުރިން އަދާލަތް ޕާޓީގެ ނިޝާން ޖަހައިގެން މިސްކިތެއްގައި ދަރުސް ދީފައިވާ ވާހަކަ މިނިސްޓަރ ގާތުގައި ބުނުމުން އެއީ އޮޅުމެއްކަމަށާއި އެއްވެސް ޕާޓީއަކަށް މިހާރު މިސްކިތްތަކުގައި ދަރުސް ދިނުމުގެ ހުއްދަ ނެތް ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށެވެ.

ކަންކަން ހިންގައިދިޢަ ގޮތައި މެދު ހިތާމަ ފާޅުކުރައްވާކަން ހާމަކުރަމުން ޝުޖާއު ވިދާޅުވީ އެ ޕާޓީގައި ހިމެނޭ އިލްމުވެރިން، ރަމަޟާން މަސް ފަދަ ހާއްސަ ދުއަސްވަރެއްގައި ރައްޔިތުންނަށްޓަކައި، އެ އިލްމުގެ ބޭނުން ކުރައްވަން ބޭނުންފުޅުވާކަމަށެވެ. އަދި ރައިސް ޔާމިންގެ ލަފައާއި އެދުމުގެ މަތިން އެހެން އަހަރުތަކެކޭ އެއްފަދައިން އިހްޔާ ޕްރޮގްރާމް ކުރިއައް ގެންދާނެކަމަށް ހާމަކުރެއްވި އެވެ.

މިއަހަރު އިހްޔާ ޕްރޮގްރާމްގެ ފުރަތަމަ ބައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހުރު ދުވަހުގެ ރޭ 10:00 ގައިކަމަށާއި އެއަށް ފަހު ރޯދަމަހުގެ ކޮނމެ ހޮނިހިރު ދުވަަހަކު ޕްރޮގާމް އޮންނާނެ ކަންވެސް ޝުޖާއު ފާހަންގަކޮށްލިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: