ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގައި ދިރިއުޅޭ ދިިވެހިންގެ ހާލަތު ރަނގަޅު: މިއުވާން

އެރަންގާ ޖަޔަވަރްދެނަ: ފޮޓޯ/ އޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންގެ ހާލަތު ރަނގަޅުކަަމަށް ފޮރިން މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ސަންގުޓިވީ އިން ކުރި ސުވާލަކައް ޖަވާބް ދެއްވަމުން ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރ މިއުވާން މުހައްމަދް ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންގެ ހާލަތު ބައްލަވަމުންދާ ކަމަށެވެ.

ސްރީލަންކާގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން ލިބޭ ޝަކުވާތަކަކީ ކޮބައިތޯ ސުވާލް ކުރުމުން މިއުވާން ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ފާހަގަ ކޮށްލެވޭފަދަ ދަތިތަކެއް ދިމާވެފައި ނުވާކަމަށެވެ، ނަމަވެސް ތަކެތި އަގުބޮޑުވުން ފަދަ ބައެއް ދަތިތައް ތަހައްމަލު ކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ، ނަމަވެސް ސްރީލަންކާގައި މިވަގުތު ކާބޯތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވެފައި ނުވާކަން މިއުވާން ފާހަގަކޮށްލިއެވެ.

ސްރީލަންކާގެ ހާލަތު އިތުރަށް ގޯސްވެއްޖެ ހާލަތުގައި ފޮރިން މިނިސްޓްރީއިން ކަންކަން ކުރައްވަން ވިސްނަވާފައިވާ ގޮތާމެދު ސުވާލް ކޮއްލުމުން މިއުވާން ވިދާޅުވީ އަދިވަކި ގޮތަކަށް ކަންކަން ރާވަައިފައި ނުވާކަމަށެވެ.

ސްރީލަންކާގެ ހާލަތު ދަނީ ދުވަހަކުން ދުވަހަކަށް ގޯސްވަމުންނެވެ، މިހެން ކަންކަން ދީމާވެގެން ދިއައީ ކޮވިޑް19 ގެ ބަލިމަޑުކަން އައުމުގެ އިތުރުން ދުނިއޭގެ މަޝްރަހުގެ ސަބަބުން ކަމުގައި އެގަމުގެ ރައީސް ވިދާޅުވިނަމަވެސް، ކަމާބެހޭ މާހިރުން ވިދާޅުވަނި މިހާރުގެ ހާލަތު ދިމާވުމުގައި ވެރިކަމަށް އާދެވުމާއެކު ނެގި ޓެކްސް ކަނޑާލުމުގެ ފިއަވަޅު ފަދަ ސަރުކާރުގެ ބޮޑެތި އިހުމާލުތައްވާކަމަށެވެ.

ސްރީލަންކާގެ ސަރުކާރުގެ އަމަލުތައް ބައްޓަން ކުރެވިފައި ހުރި ގޮތުން އެގައުމުގެ މާލިއްޔާތުގައި ރައްކާ ކުރެވިފައިވާ ބޭރު ފައިސާގެ އަދުދު ދައްވެ، ހަކަތަ އުފައްދަން ބޭނުންވާ ތެޔޮ، ކާބޯތަކެތީގެ އިތުރުން ބޭސް ފަރުވާއައް ބޭނުންވާ ސާމަނު ހޯދައި އެތެެރެ ކުރުމުގައި ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: