ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަައުތަމް އަދާނީ: ދުނިއޭގެ އެންމެ މުއްސަންދި މީހުންގެ ލިސްޓަށް

ގައުތަމް އަދާނީ: ފޮޓޯ/ ޖީކިއު އިންޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިއޭގެ ސެންޓިބިލިއަނަރުންގެ ލިސްޓަށް އާމެމްބަރެއް އިތުރުވެއްޖެ.

މިލްކިއްޔާތުގައި 100 ބިލިއަނަށްވުރެން މަދުނޫން އަދަދަކަށް ހުރެގެން ހިމެނޭ މިލިސްޓުގައި މިފަހަރު ހިމެނިވަޑައިގަތީ އިންޑިއާގެ މަޝްހޫރު ބިޒްނަސްމަނެއް ކަމަށްވާ ގައުތަމް އަދާނީއެވެ، މިލިސްޓުގައި ހިމެނޭ އިތުރު ފަރާތް ތަކަށް ބަލާލާނަމަ ޓެސްލާ މޮޓޯރސް އަދި ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް އަދި އެމޭޒޮންގެ ސީީއީއޯ ޖެފް ބޭޒޮސް ފާހަންގަކޮށްލެވެއެވެ.

ގައުތަމް އަދާނީއަކީ އިންޑިއާގެ އެއްމެ ވަރުގަދަ އެއް ބިޒްނަސް ގްރޫޕް ކަމަށްވާ އަދާނީ ގްރޫޕުގެ ސީއީއޯއެވެ.

މިގްރޫޕްގެ ދަށުން ހިންގާ ކުންފުނިތަކުން ކުރާ މަސަތްކަތްތަކުގެ ތެރޭގައި ހަކަތަ އުފެއްދުން، ގެދޮރު އިމާރާތްކޮށް ވިއްކުން އަދި ދަނޑު ގޮވާންކުރުމުގެ ބިޔަ މަޝްރޫޢުތައް ހިނގުންފަދަ ކަންކަން ހިމެނިފައިވެއެވެ.

އަދާނީ ގްރޫޕްގެ ކުންފުނިތަކުގެ ތެރެއިން އާއްމު ކުރެވިފައިވާ މައީ ހަތް ކުންފުންޔެގެ ތެރޭގައި ޖުމުލަކޮށް 188 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް ވާކަމަށް އެކުންފުނިތަކުގެ ފަރާތުން ހާމަކޮށްފައިވެއެވެ.

މިދިއަ އަހަރު ތެރޭގައި އަދާނީ ގްރޫޕްގެ ކުންފުންޔެއް ކަމަށްވާ އަދާނީ އެންޓަޕްރައިސަސް ލިމިޓެޑްގެ ފައިދާ 80 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ އަދި މިކަމުގެ ސަބަބުން އަދާނީގެ މިލްކިއްޔާތަށް 57 ބިލިއަން ޑޯލަރު އިތުރުވެފައިވެއެވެ. ލިބިވަޑައިގެންނެވި ބޮޑު ކުރިއެރުމާއިއެކު އަަދާނީވެގެންދިއައީ ދުނިއޭގެ އެނމެ މުސްސަނދި މީހުންގެ ލިސްޓުގެ ގަދަ ދިހައެއްގައި ހިމެނިވަޑައިގަންނަވާ އެމެރިކާއަށް ނިސްބައިނުވާ ދެބޭފުޅުންގެ ތެރައިން އެކަކަށެވެ.

ދުނީއޭގެ މުސްސަނދި މީހުންގެ ލިސްޓްގެ އެނމެ ކުރީގައި ހިމެނޭ 10 ބޭފުޅުންގެ މިލްކިއްޔާތުގައި ޖުމުލަކޮށް 1.42 ޓްރިލިއަން ޑޮލަރު ވާކަމަށް މިކަންކަން ދިރާސާކުރާ ފަރާތްތަކުން ލަފާކޮށް އާނމުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: