ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނީގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނީގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ދިރާސާ ކުރައްވަމުން ގެންދާ ކުންފުނީގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް އެ އިދާރާއިން ހުޅުވާލާފައިވަނީ މި އެޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.

އެކަމަށްޓަކައި މަޖިލީހުން ކުރި އިއުލާނެއްގައިވާ ގޮތުން އަންނަ މޭ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12 ގެ ނިޔަލަށް މަޖިލީހުގެ އިދާރާއަށް ލިއުމަކުން ހުށައެޅުމަށާއި އަދި އިގްތިސާދީ ކޮމިޓީއަށް މެއިލް ކުރުމަށް އެދިފައިވއެވެ.

ކުންފުނިތަކާއި ބެހޭ ބިލަކީ ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު މަޖިލީހަށް ހުށައެޅުއްވި ބިލެކެވެ.

އެބިލުގެ ބޭނުމަކީ އިގްތިސާދީ އަދި އިޖްތިމާއީ ނަފާ ހޯދުމަށްޓަކައި، އިގްތިސާދީ އުފެއްދުންތެރިކަމުގެ ބޭނުންތަކަށް ރައުސްމާލު އިންވެސްޓުކޮށް، އިގްތިސާދީ އަދި ވިޔަފާރީގެ ރިސްކު ނަގައި، ގައުމުގެ އިގްތިސާދުގައި ވިޔަފާރިތައް ހަރަކާތްތެރިވުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި، ވިޔަފާރި ޝަހްޞެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި އެކަންކަމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: