ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާއިން ފެށިގެން ކިރާނީ ދޯންޏަކުން 7 ޓަނުގެ މަސް: މިފްކޯ

ޝެއާރކޮށްލާ ކަހަލަދޯ؟

އަނެއްކާވެސް މަސް ގަންނަ މިންވަރު މަދުކޮށް، ކޮންމެ ދުވަހަކުވެސް ދޯންޏަކުން 7 ޓަނު މަސް ކިރާ ގޮތަށް މިފްކޯއިން ނިންމައިފިއެވެ.

މަސްކިރުވުން ލިމިޓްކުރުމުން މަސްވެރިންނަށް ބައެއް ދަތިތައް ދިމާވުމާއި އައިސް އަޅާފައި ހުރި މަސް ހަލާކުވާނެތީ އަވަސްކުރުމުގެ ގޮތުން މިފްކޯއިން ވާނީ އޭރު ކަނޑައެޅި ލިމިޓް ދޫކޮށްލާ ހުރިހާ ދޯންޏަކުން މަސްކިރަން ނިންމާފައެވެ. މިމަހުގެ 6 ވަނަދުވަހުން ފެށިގެން ކިއުގައި އޮތް ހުރިހާ ދޯނިތަކެއް މަސް މިއަދު ގެ ނިޔަލަށް މިފްކޯއިން ވަނީ ކިރާ ނިންމާފައެވެ.

ކިއުގައި އޮތް ދޯނިތަކުގެ މަސްކިރުވާ ނިންމުމަށްފަހު މިފްކޯއިން އަނެއްކާވެސް މިވަނީ ކޮންމެ ދޯންޏަކުން މަސްކިރާނެ އަދެދެއް ކަނޑައަޅާފައެވެ.

މިއަދު މިފްކޯއިން ބުނީ ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވުމާ ގުޅިގެން ކުންފުނީގެ ގާބިލުކަން ހުރި މިންވަރަށްވުރެ އިތުރަށް މިހާރުވެސް މަސް ގަންނަ ކަމަށެވެ. އަދި މަސް ގަނޑުކުރަން ވަގުތު ބޭނުންވުމާއި އިތުރު ބައެއް މައްސަލަތައް ކުރިމަތިވާތީ މާދަމައިން ފެށިގެން ދޯންޏަކުން 7 ޓަނަށްވުރެ އިތުރަށް ނުކިރަން ނިންމާފައިވާ ކަމަށެވެެ.

މިހާރު މަސް ބާނާ މިންވަރު އެއްވަރެއްގައި ހިފަހެއްޓިފައި ހުރުމުން ދޯންޏަކުން މަސް ކިރާ މިންވަރު ހަތް ޓަނުގައި ހިފަހެއްޓުމުން އެ ކުންފުނީގެ ގާބިލުކަން ހުރި މިންވަރަށް މެނޭޖުކުރެވޭނެ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: