ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އެނބުރެން ޖެހެނީ ވަކިމީހަކު ވަށައިގެންނެއްނޫން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުޙައްމަދު އަސްލަމް :- ފޮޓޯ_ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެމްބަރުން އަދި ޖުމުލަކޮށް މުޅި ޕާޓީ ވަކި މީހެއްގެ ފަހަތުން އެނބުރެން ނުޖެހޭކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ ފޭދޫގައި އެމްޑީޕީ ”ހިންގާލަން“ ޓީމުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޕާޓީގެ އޮނިގަނޑުތެރޭ އަދި ހިންގުމުގައި ފާހަގަކުރެވިފައިވާ މައްސަލަތަކާމެދު ވާހަކަދައްކަވަމުންނެވެ.

މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަން ކުރެއްވިއިރު ގެންގުޅުުއްވި އުސޫލުތައް ހަދާންކޮށްދެއްވަމުން އަސްލަމް ވިދާޅުވީ ޕާޓީއެއް ހެދުމުގެ އެއްމަގުސަދަކީ އެޒަމާނުގައި އޮތް ފަދައިން ވަކި ފަރާތެއްގެ ފިޔަވަޅުތައް ފަހަތުން ހިނގަންޖެހުން ހުއްޓުވުން ކަމަށެވެ. އަދި ޕާޓީއެއްގައިި ހަރުދަނާ އިދާރީ އޮނިގަޑެއް އޮންނަންޖެހޭނެކަމަށާއި  ޕާޓީ އަކީ ވަކި މީހަކު ހިތައް އަރާހައި ގޮތަކަށް ހިންގަން އޮންނަ އެއްޗެއް ވެގެން ނުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕާޓީ ވަރަށް ބޮޑަށް އިސްލާހުވާން އެބަޖެހޭ ކަމަށާއި ޕާޓީއަށް ވަރަށް ގިނަ ބަދަލުތައް އަންނަން އެބަޖެހޭ ކަމަށެވެ. އެގޮތުން ޕާޓީގައި ކަނޑައެޅިފައިވާ އިދާރީ އޮނިގަނޑެއް އޮންނަންޖެހޭނެކަން ފާހަގަ ކުރެއްވިއެވެ.

”ޒަމާނުއްސުރެ މައުމޫނު ދުވަސްވަރުވެސް އެއްމެން ދައްކަމުންއައި ވާހަކައަކީ ވަކި މީހެއް ފަހަތުން އެނބުރެން ނުޖެހޭނެ ވާހާކަ، ވަކި އުސޫލުތަކަކާއި ވަކި ހަމަތަކަކާއި އެއްކޮށް އޮންނަ ޕާޓީ އުސޫލަކަށޭ އަހަރުން ތަބާވާން މިޖެހެނީ، އެހެންވެގެން ޕާޓީ މިހެދީވެސް، ވަކި މީހަކު ދައްކައިގެން އެމީހާ ފަހަތަކު ނޫން ތިބެންވަނީއެއް“ އަސްލަމް 

މީގެ އިތުރުން އަސްލަމް ވިދާޅުވީ ޕާޓީއެއްގައި ކަނޑައެޅިފައި އޮންނަ ގަވައިދުތަކަކާއި އުސޫލުތަކެއް ވާނެކަމަށެވެ. އަދި ހަމަޖެހިފައިވާ މިންގަނޑުތަކުގައި މައްސަލަތަކެއް ވާނަމަ އެޕާޓީއެއްގެ އާންމު މެމްބަރުންނާއި ކޮންގްރެސްއަށް އެކަންކަން އިސްލާހުކުރުމުގެ ހައްގު ލިބިގެންވާކަމަށާޢި ބަދަލުތަކެއް ގެނެސްގެން ނަމަވެސް ޕާޓީ ހިންގަން ވާނީ ލިޔެވިފައިވާ ހަމަތަކާކާއި އަސާސްތަކެއްގެ ތެރޭގައިކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: