ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ގެކޮޅުގައި އިންޑިއާއާއި ދެކޮޅު ބެނާ ހަރުކުރުމުން ރައީސް ނަޝީދު ކޯފާ އިސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ނުވަތަ އިންޑިއާ އާއި ދެކޮޅު ބެނާއެއް ހަރުކުރުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ބޮޑެތި އިމާރާތްތަކުގައި އަވައްޓެރި ގައުމުތަކާއި ގުޅޭ ގޮތުން ބަދުބަސްނުވެ ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުޤޫބާތާއި ހިލާފު ކަމެއް ކަމަށެވެ.

”އެއީ ގާނޫނުލްއުގޫބާއި ހިލާފު ކަމެއް. އާއްމު މަސްލަހަތާއި ހިލާފު ކަމެއް. އެތަކެތި އަޅުގަނޑު ދެކޭ ގޮތުގައި ވަގުތުން ވަގުތަށް ފުލުހުން ނަގަން ޖެހޭނެ.“ ރައީސް ނަޝީދު

ޔާމީން ގެ ގެކޮޅު ކަމުގައިވާ ދޫވެހީީގައި އިންޑިއާ އައުޓް ބެނާއެއް ވަނީ ހަރުކޮށްފައެވެ. އެ ބެނާގައި ރާއްޖޭގެ ގައުމީ ދިދައިގެ ކުލަތައް ކަމުގައިވާ ފެއްސާއި ރަތާއި ހުދު ހިމެނޭ ގޮތަށް ރަތް ކުލައިން އިންޑިއާ އައުޓް ލިޔެފައިވެއެވެ.

އިންޑިއާ އައުޓް ހަރަކާތުގައި މިހާތަނަށް ހަރުކުރެވުނު އެންމެ ބޮޑު ބެނާ އަކީ ރައީސް ޔާމީންގެ ގެކޮޅުގައި އިއްޔެ ހަރުކުރި ބެނާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ފަހަކަށް އައިސް އިންޑިއާ އައުޓް ހަރަކާތުގައި އިދިކޮޅުން އެކި ބެނާތަކާއި ހަރަކާތް ތައް މާލެއާއި ރާއްޖޭގެ އެކި ރަށްތަކުގައި އަންނަނީ ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: