ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާން ސަރުކާރުން ހުޅުމާލެ ފިޔަވައްޗަށް މިނީ ބަހެއް ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ފިޔަވައްޗަށް މިނީ ބަހެއް ހަދިޔާކުރުން / ފޮޓޯ: ޖަޕާން އެމްބަސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާން ސަރުކާރުން ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް މިނީ ބަހެއް ހަދިޔާކޮށްފިއެވެ.

ޖަޕާން ސަރުކާރުން ހުޅުމާލެ ފިޔަވައްޗަށް ހަދިޔާކުރި އެމިނީ ބަހަކީ އެ ގައުމުން ކުރިއަށްގެންދާ ” ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް” ގެ ދަށުން ހަދީޔާކުރި މިނީ ބަހެކެވެ.

އެ މިނީ ބަސް ފިޔަވައްޗާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކުޗީ މިޑޯރީއެވެ.

މި އެހީގެ މައިގަނޑު މަގްސަދަކީ ފިޔަވަތީގައި ތިބޭ ކުދިންނަށް، މިހާރަށްވުރެ ރައްކާތެރި އަދި ހިތްފަސޭހަ ހާލަތެއްގައި، ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތް ލިބޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީ އިން ހާމަކުރެއްވިއެވެ.

ޖަޕާން ސަރުކާރުން ފިޔަވައްޗަށް ހަދިޔާކޮށްފައިވަނީ ޓޮޔޯޓާ ހިއޭސް ކޮމިއުޓާ، 14 ސީޓުގެ ޖާގަ ހިމެނޭ މިނީ ބަހެކެވެ. އެއީ 48،500 އެމެރިކާ ޑޮލަރު ނުވަތަ ހަތްލައްކަ ހަތްދިހަދެހާސް ފައްސަތޭކަ ރުފިޔާގެ އަގުހުރި މިނީ ބަހެކެވެ.

ޖަޕާނުން ކުރިއަށް ގެންދާ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް ގެ ދަށުން އެގައުމުން ދަނީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: