ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ އަހަރީ ދުވަހު މުނާސަބަތުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި!

ސިފައިންގެ އަހަރީ ދުވަހު ކުރިއަށް ދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހެނދުނު ކަޅުތުއްކަލާކޮށި ފެހި މައިދާނުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ. އެ ރަސްމިއްޔާތުގައި ދިދަ ޕޯސްޓަށް ރާއްޖޭގެ ގައުމީ ދިދައާއި ސިފައިންގެ ދިދަ ނަގާފައިވަނީ ދިދަބިސީންނެވެ.

އެ ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވަނީ، ކުރިއަށްއޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާޝިއާރު އިއުލާނު ކޮށްދެއްވާފައެވެ.

ކުރިއަށް އޮތް އަހަރު ސިފައިންބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިއާރަކީ ޤައުމުގެ އަމާންކަން  ސިފައިންގެއަމާޒު އެވެ.

އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި އެމްއެންޑީއެފްގެޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި އެހެނިހެންރޭންކުތަކެއްގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

130 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާކަންކޮޅުތަކެއްގައި ގާއިމުކުރެވިފައިވާ އޭރިއާ ކޮމާންޑްތަކުގައި ވެސް ދިދަނެގުންވަނީ ކުރިޔަށް ގެންދިޔަ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

އެ ރަސްމިއްޔާތު ނިމިގެން ދިޔައީ ހާއްސަ ދުއާ އަކުންނެވެ.

ސިފައިންގެ ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892 ވަނައަހަރު އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: