ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ މުސާރައިގެ ފަރަގު ބޮޑުވާ މައްސަލަ މަޖިލީހުން ބަލަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލަރުންތަކެއް/ ފޮޓޯ: އޭވިއޭޓާސް މޯލްޑީވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކުރިއެރުމަށް ހުރަސްއެޅިފައިވާތީ އެކަން ހައްކުކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ހުރި ކަންބޮޑުވުންތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ދޮގުކޮށްފި އެވެ.

މިއީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު، އެއާ ޓްރެފިކް ކޮންޓްރޯލްގެ މުވައްޒަފުންތަކެއް ތަނުގެ އެތެރޭގައި ހުރި މައްސަލަތައް ފާހަގަކޮށް ޕެޓިޝަނެއް ތައްޔާރުކޮށް ކަމާއި ގުޅުން ހުރި އިދާރާތްތަކަށް ހުށަހެޅި މައްސަލައެކެވެ.  ޕެޓިޝަން ހުށަހަޅާފައި ވަނީ، ތަނުގައި ހުރި ގިނަ މައްސަލަތަކާއި އެކު އެވެ. އަދި އެ މައްސަލަތައް ވީހާވެސް އަވަށް ހައްލުކޮށް ދީ، މުވައްޒަފުންނަށް ދޭން ޖެހޭ ތަމްރީނުތައް އެ ތާރީހުތަކުގައި ކުރިޔަށް ގެންދިއުމަށް އެދި އެވެ.
މީގެ އިތުރުން މުސާރައިގެ ބައެއް މައްސަލަތާއި، ތަނުގެ ގިނަ ދުވަސްވާ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުންތައް ނުލިބޭތީ އެކަމުގެ ކަންބޮޑުވުންތައް ޕެޓިޝަންގައި ހިމަނާފައި ވެއެވެ. އެހެން ކަމުން އޭޓީސީގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބި، މަސައްކަތާއި އެކަށީގެންވާ ރަނގަޅު މުސާރައެއް ލިބޭ އޮނިގަނޑެއް ގާއިމް ކުރުމަށް އެދޭކަމަށް މުވައްޒަފުން ބުންޏެވެ.
މުވައްޒަފުންގެ ފަރާތުން މި ކަންބޮޑުވުންތައް މީގެ ކުރިން ވެސް ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލިސް، އަދި އެމްއޭސީއެލް އާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅި އެވެ. އޭރު މުވައްޒަފުންގެ އެ ކަންބޮޑުވުންތަކާއި އެކު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މޫސާ ސޯލިހު ވަޒީފާގެ އޮނިގަނޑެއް އެކުލަވާލައި ރައީސް އޮފީހަށް ފޮނުވިކަމަށް މައުލޫމަތު ލިބެ އެވެ. ނަމަވެސް އެކަން ހުއްޓުނީ ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.
މީޑިއާތަކުން މުވައްޒަފުންގެ ކަންބޮޑުވުންތައް ރިޕޯޓު ކުރުމުން، އެ މައްސަލަ މަޖިލީހުން ބަލަން ފަށައި އެކަމާއި ގުޅިގެން މަޖިލީހުގެ ކޮމިޓީގައި ކޮމިޓީ ބައްދަލުވުމުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ ވިދާޅުވީ ޖޫން 2021 ގެ ތެރޭގައި އެއާ ޓްރެފިކް ސާވިސަސްގެ އޯގަނައިޒޭޝަން ސްޓްރަކްޗާ ދެ ޔުނިޓަކަށް ބަދަލުކުރި ކަމަށް ޕެޓިޝަނުގައި ބުނެފައިވާ ވާހަކައަކީ މުޅިން ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އަދި އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން އެމްއޭޓީސީސީ ގައި ގިނަ އަދަދެއްގެ ތަމްރީނުތަކެއް ހިމަނާފައިވާ އޮތުމުން ދެ ޔުނިޓުގެ މުވައްޒަފުންނަށް ލިބޭ ރޭޓިން އެލަވަންސްގެ ފަރަގު ބޮޑުވާ ކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައިވާ ވާހަކަވެސް ތޯހާ ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވިގޮތުގައި ރޭޓިންގ ކަނޑައަޅައިފައިވަނީ އެކަމަށް ހާއްސަ ކޮށް އެކުލަވާލާފައިވާ ބޯޑަކުންނެވެ.
ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައިވެސް އޭޓީސީގެ ހިދުމަތް ދެނީ އެމްއޭސީއެލް އިން ނެވެ. ތޯހާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެއާޕޯޓުތަކާއި މާލޭގެ އެއާޕޯޓުތަކުގެ އެ ޔުނިޓްގެ މުވައްޒަފުންގެ އުޖޫރަ ތަފާތެވެ. ރާއްޖެތެރޭގެ އެއާޕޯޓުތަކުގައި ރޭޓިން އަކަށް ލިބެނީ 85ރ. ކަމުގައި ތާހާ ވިދާޅުވިއެވެ.
އެއާ ޓްރެފިކް ސާވިސަސް (އޭޓީއެސްގެ) ޖެނެރަލް މެނޭޖަރު އިބްރާހީމް ހަމީދު ވިދާޅުވީ ޓަވާ ކޮންޓްރޯލަރުންގެ ޓްރޭނިންގެ އުސޫލަށް މިދިޔަ އަހަރު އެއްވެސް ކަހަލަ ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި އަމަލުކުރަމުންދަނީ ކުރިންވެސް އޮންނަ އުސޫލަށް ކަމަށެވެ.

މުވައްޒަފުން ބުނާ ގޮތުން އެއާޓްރެފިކް ކޮންޓްރޯލްގެ ގަވައިދާ އުސޫލުތަކަށް އަމަލު ނުކުރުން އެއީ ކަންބޮޑުވުމެކެވެ. އަދި ބުނެފައި ވަނީ އެ މީހުންނަކީ ޕައިލެޓުންނާއި އަދި އިންޖީނިއަރުންނާއި ވެސް މުއާމަލާތް ކުރަން ޖެހޭ ބައެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: