ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރާލި ބަގްލަދޭޝް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރެންޓުގެ ތެރޭގައި މަރާލި ބަންގްލާދޭޝް މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވާލައިފިއެވެ.

ޕާކިސްތާނު ކައްކާގެ ހަމަލާއަކުން މަރުވި އެމްޑީ ޝާހިން، 29، ގެ ހަށިގަނޑު ބަގްލަދޭޝްއަށް ފޮނުޥާލެވިފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާއަކީ ބަންގްލާދޭޝްގެ ބްރަހްމަންބާރިއާ ސިޓީގެ ޗަމްޕޫރް ވިލެޖްއަށް ނިސްބަތްވާ މީހެކެވެ.

އެ މައްސަލާގައި މީގެ ކުރިން ބަންގްލަަދޭޝްގެ ނޫހަކާ ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ޝާހިންގެ ގަޔަށް ވަޅި ޖަހާފައިވަނީ ރޯދަ ވީއްލަން ކާތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ހިނގި ދެބަސްވުމެއްގެ ތެރޭގައި ކަމަށެވެ.

މަރުގެ ތުހުމަތުކުރެވޭ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދު، 26، ވަނީ ހަމަލާ ދިނުމަށް ފަހު ވަނީ ފިލާފައެވެ. ނަނަމވެސް ފުލުހުން ވަނީ ފިލިތާ އޭގެ އެނެއް ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ހައްޔަރުކޮށްފައެެވެ. އަދި އޭޏާ ވަނީ ކޯޓަށް ހާޒިރުކުރެވި ބަންދުގެ ގޮތުގައި 15 ދުވަސް ޖަހާފައެވެ.

މީގެ ކުރިން ވެސް ރެސްޓޯރެންޓުގައި ކަސްޓަމަރުން ތިއްބާ މުވައްޒަފަކާއި އޭނާ މަރާމާރީ ހިންގި މައްސަލައެއްގެ އިތުރުން ޒުވާބު ކުރާ ވާހަކަތައްވެސް އާންމުންގެ ތެރޭގައި ދަނީ ދެކެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: