ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މަރާމާތު ކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ މައި ބެންކް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސގެެ ފަރާތުން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މަރާމާތު ކުރަން ނިންމައިފިއެވެ.

ބެންކުން މިއަދު އާއްމުކޮށްފައިވާގޮތުން ގުރައިދޫގައި ހުންނަ މި މަރުކަޒަށް ބޭނުންވެފައިވާ މުހިއްމު ބަދަލުތަކެއް ގެނެސް އިތުރަށް ތަރައްގީ ކުރުމަށް އެ ކުންފުނީގެ ފަރާތުން އެހީ ތަކެއްވުމަށް ނިންމައިފައިވާކަމަށެވެ. މި ހަރަކާތަކީ މިއަހަރު ނޮވެމްބަރު މަހުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާއި ހަމައަށް ހިންގުމަށް ހަމަޖައްސާފައިވާ މުޖުތަމައަށް ފައިދާވެނިވި 12 ހަރަކާތް ތެރެއިން އެއް ހަރަކާތްކަންވެސް އެ ކުންފުނީގެ ވެބްސައިޓްގައި އާމުކޮށްފައިވާ މި ލިއުމުގައިވެއެވެ.

ބެންކް އޮފް މޯލްޑިވްސްގެ ފަރާތުން ދޭން ނިންމާފައިވާ އެހީގެ ދަށުން ގުރައިދޫގައި ހުންނަ މި މަރުކަޒުގައި ކުޑަކުދިންނަށް ހާއްސަ ވޯޑެއް އަލަަށް ގާއިމުކޮށް އެ މަރުކަޒުގެ ބަދިގެއަށް ޒަމާނީ ތަރައްގީތަކެއް ގެނެސް، ތަނުގެ މީހުން ބޭނުންކުރަމުން ދާ ލައިބްރަރީ ފުރިހަމަކަން ގެނައުމުގެ އިތުރުން އެހީ ބޭނުންވާ މީހުން ބެލުމަށް ތިބޭ މުވައްޒަފުންނަށް ހާއްސަ ޖާގައެއް ތަރައްގީ ކުރެވިގެންދާނެއެވެ.

މި އެހީ އާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ ވިދާޅުވެފައިވަނީ މި އެހީގެ ދަށުން ތަނަށް ބޮޑެތި ބަދަލުތަކެއް ގެނެވި މަސައްކަތްކުރަމުންދާ މުއައްޒިފުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގައި ބައިވެރިވެވަޑައިގެންނެވޭ ކަމާއިމެދު އުފާކުރަށްވާކަމަށެވެ. އަދި މި ބަދަލުތަކުގެ ދަށުން ތަރައްގީކުރެވި މި މަރުކަޒަކީ ކަންޑައެޅިފައިވާ މިންގަނޑުތަކަކަށް ފެތޭ ތަނަކަށް ވެގެންދާނެ ކަމަށާއި މި ކަމުގެ ސަބަބުން ދިރިއުޅޭ ފަރާތްތަކަށް ހެޔޮ ބަދަލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަށްވާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާއި ހަމައަށް ހިންގަން ހަމަޖެހިފައިވާ 12 ހަރަކާތުގެ ތެރެއިން ސްމޯލް ގްރާންޓް ތާރަފް ކުރުން، ހައުސިން ގްރާންޓް ތާރަފް ކުރުން، ބީއެމްއެލް ސްޓާރޓްއަޕް ގްރާންޓް ތާރަފް ކުރުން، ގައުމީ ކުތުބުހާނާ ތަރައްގީ ކޮށް ޒަމާނީ ބަދަލު ގެނައުމުގެ އިތުރުން ސްކޮލާޝީޕް ތާރަފްކުރުން ފަދަ މަސައްކަތްތައް ކޮށް ނިންމައިފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: